ރާއްޖެއިން އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު "ސެލެބްރޭޓިން ދަ ޑެކޭޑް އޮފް އެޑްވާންސިން ޕްރޮޓެކްޓެޑް އޭރިއާސް އިން އޭޝިއާ" ގެ ރިޔާސަތު ބަލަހައްޓައިފިއެވެ.
ރާއްޖެއިން ރިޔާސަތު ބަލަހައްޓާފައި ވަނީ އޭޝިއާ ޕްރޮޓެކްޓެޑް އޭރިއާ ޕާޓްނަރޝިޕް (އޭޕީއޭޕީ)ގެ ކޯޗެއާ ގައުމުގެ ހައިސިއްޔަތުންނެވެ.
މި އިވެންޓަކީ އޭޝިއާ ސަރަޙައްދުގައި ރައްކާތެރި ކުރެވިފައިވާ ސަރަޙައްދުތައް ކުރިއެރުވުމަށް ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ހާއްސަ އިވެންޓެކެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ރާއްޖެއިން މި އިވެންޓްގެ ރިޔާސަތު ބެލެހެއްޓުމުން، ތިމާވެށި ރައްކާތެރި ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބި، އޭޝިއާ ސަރަހައްދުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
އާރު.އެފް.ސީ 2024 އޭޝިއާގެ ދަށުން ބޭއްވުނު މި އިވެންޓުގައި، އޭޝިއާގެ އެކި ގައުމުތަކުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ސަރުކާރުތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އިވެންޓުން ލިބުނު މައުލޫމާތާއި ތަޖުރިބާ ބޭނުންކޮށްގެން، ކުރިއަށް އޮތް ތަނުގައި އޭޝިއާ ސަރަޙައްދުގައި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.