މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް މޯލްޑިވްސް ކަސްޓަމް ސާވިސްގެ ޚިދުމަތްތައް ލިބޭނެކަމަށް އެއިދާރާއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވީ ނަމަވެސް މާލޭ ސަރަހައްދުގައި ގާއިންކުރެވިފައިވާ ކަސްޓަމްސްގެ އޮފީސްތަކުން ޚިދުމަތް ލިބޭނެކަމަށެވެ.
އެގޮތުން މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ދޫކުރުން ކުރިއަށް ދާނެކަމަށް ކަސްޓަމްސް އިން ފާހަގަކޮށްފައިވެއެވެ.
އަދި އުޅަނދު ފަހަރަށް ކްލިއަރެންސް ދިނުމާއި ބޮންޑެޑް ވެއަރހައުސްތަކާ ގުޅޭ ޚިދުމަތްތައްވެސް ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.