ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާތަބުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިތާބަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ތަޢުރީފުކުރައްވައިފިއެވެ.
ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި މައުމޫނު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުޢިއްޒު މިއަދުގެ ޖަލްސާގައި ދެއްވި ޚިތާބަކީ ޢިބްރަތުން ފުރިގެންވާ ޚިތާބެއްކަމަށެވެ. ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ޚިތާބުގައި ކާބަފައިންނަކީ މި ޤައުމުގެ ދިފާޢުގައި ހުރިހާ މާނައެއްގައި ހުރިހާ ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަމަށް ފާހަގަކުރައްވައި އެމަނިކުފާނުގެ ހުރިހާ ސިޔާސަތުތައްވެސް ބައްޓަންވެފައި ހުރީ ރާއްޖޭގެ މިނިވަންކަމަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި މީގެ އިތުރުން ދިވެހިންގެ އަމިއްލަވަންތަކަމާއި ދީނީ އާދަކާދަތައް ދިރުވައި އާލާކުރެއްވުމަށް ގޮވާލެއްވިއެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި އިތުރު ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ވަންތަކަމަށްޓަކާ ފަޚުރުވެރިވާން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ފެނުމުން ވަރަށްއުފާވިކަމަށެވެ.