Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރުމަށް ސައުދީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލުމަށް ސައުދި އަރަބިއްޔާގެ ސިވިލް އެވިއޭޝަން އޮތޯރިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުން އެކުލަވާލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިހާރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަމީންއެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް، ޞާލިހު ބިން ނާސަރު އަލް ޖައްސަރެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސީޕްލޭން އޮޕަރޭޝަން ހަރުދަނާކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކާއެއްގޮތަށް ސަލާމަތީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަން ބެލެހެއްޓުމަށް އެކުލަވާލަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު އަމީން ސައުދި އަރަބިއްޔާއަށް ވަޑައިގަންނަވާފައިވަނީ، ސަޢުދީގެ ޓްރާންސްޕޯޓް މިނިސްޓަރާއި، އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް ޢަބްދުލްޢަޒީޒް އަލް ދުއައިލެޖްގެ ދަޢުވަތަކަށެވެ.

މިދަތުރުފުޅުގައި މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ