Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޒަމީރު

ރާއްޖޭގެ އިގްތިސާދީ ހަލާތާ ގުޅޭ ގޮތުން ސައުދީގެ ގަވަރުނަރާ މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން, ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އައިމަން އަލް ސަޔާރީއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައުދުގެ ދައުވަތަކަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ ސައުދީގެ ގަވަރުނަރާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ހާލަތުގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްތަރު ޒަމީރު ވިދާޅުވީ ކަރަންޓް އެކައުންޓް ޑެފިސިޓްގެ ގޮންޖެހުންތައް ނައްތާލުމަށްޓަކައި ބައިލެޓަރަލް ޓްރޭޑް ފުޅާކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް ސައުދީ އަރަބިއްޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޒަމީރު އިއްޔެ ވަނީ ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ދެމެދު އިގްތިސާދީ ރޮނގުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ސައުދީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސައުދީގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، ހިސް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅެއް ވަނީ ސައުދީގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް މިނިސްޓަރު ވަނީ އަރުވާފައެބެ.

މި މަހުގެ 22 ގެ ނިޔަލަށް ކުރައްވާ މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑާ އެޓް ލާޖް އަހުމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސައީދާއި ޑިރެކްޓާ ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.

މި ލިއުމާއި ގުޅޭ