Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަޙްމަދު ޠާރިޤު (ޓޮމް)

އެފްއޭއެމްގެ ކުރީގެ ވެރިން ވެފައިވާ އިހުމާލުތައް ބަލައި ފިޔަވަޅު އަޅަން ތޯރިގް ގޮވާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމާ ހަވާލުވެ ތިބި ވެރިން ވެފައިވާ އިހުމާލުތައް ބަލައި، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމް ނޯމަލައިޒް ކުރުމަށް ނިންމައި ފީފާއިން އިއްޔެ ވަނީ ޗެއާމަނަކަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، އަހުމަދު ޒުހޫރު ހަމަޖައްސައި ކޮމިޓީ ފައިނަލް ކޮށްފައެވެ.

ޒުހޫރުގެ އިތުރުން ކޮމިޓީގައި ދެން ހިމެނެނީ ފަރީހާ ޝަރީފް، އަހުމަދު މުއިއްޒު، އިސްމާއިލް ސިމަން އަދި އަހްމަދު އަލީއެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނަށް މަރުހަބާ ވިދާޅުގެ ތާރިގް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެފްއޭއެމް ހައުސްގެ ހާލަތު ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވާފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެފްއޭއެމް ހައުސް ވަނީ ވީރާނާވެފައެވެ. ތަނުގެ ތެރޭ އެތަން މިތަނަށް ސާމާނު އުކާފައި ވާއިރު، ސީލިންގެ ބައި ބައިވެސް ވަނީ ހަލާކުވެގެން ވެއްޓިފައެވެ.

ތޯރިގު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން، އެތަނުގެ ހިންގަންތިބި ވެރިން ފުޓްބޯޅައަށް ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެ ކަމަށެވެ.

ދެރައީ އަދިވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަކުރަނީ ބައްސާމު އާއި އޭނާގެ އެކްސްކޯގައި ތިބި ފަރާތްތައް. ހިތާމައިގެ ކޮޅެއް ނެތް.
އަހުމަދު ތާރިގް

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭއިރު، ތާރިގް އިސްކޮށް ހުންނަވައި އޭނާ މަގާމު ދުރުކުމުގެ މަސައްކަތް ވެސް ވަނީ ކުރިން ކުރައްވާފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެފްއޭއެމަށް 2018 ވަނަ އަހަރުން ފެށިގެން އޮކްޓޫބަރު 2023 އަށް ފީފާއިން އެހީގެ ގޮތުގައި ދިން 12.4 މިލިއަން އެމެރިކާ ޑޮލަރުން ބައްސާމް ވަނީ އޭނާގެ އާއިލީ ހަރަދު ބަލަހައްޓައި މުދާ ގަނެފައެވެ.

އަދި ފީފާއިން ދޭ ފައިސާ ޑޮލަރުން ޖަމާކުރުމުން އެފްއޭއެމުން ޑޮލަރު ވިއްކައިގެން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުޞޫލެއް ނެތިކަމަށާއި އެކަން ކޮށްފައިވަނީ އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށް ވެސް ޕީޖީއޯއިން ވަނީ ބުނެފައެވެ.

ބައްސާމްއާ ދެކޮޅަށް މަނީ ލޯންޑަރިންނާއި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުގައި ދައުލަތުން ވަނީ ދައުވާ ކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް ތޯރިގު ވަނީ އެ އެސޯސިއޭޝަން ނޯމަލައިޒްކުރަން ޖެހޭކަމަށް މީގެ ކުރިން ވެސް ވިދާޅުވެފައެވެ. ތާރިގް ވަނީ 2016 ވަނަ އަހަރު ގާތްގަނޑަކަށް ހަަތަރު ވަރަކަށް މަސް ދުވަހު އެފްއޭއެމްގެ ރައީސް ކަން ކުރައްވާފައެވެ. ނަމަވެސް ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުން އިސްތިއުފާދިނުމާއެކު އޭނާއަށް އެ މަގާމު ގެއްލިގެން ދިޔައެވެ.

މި ފަހުން އެފްއޭއެމް އިން ބާއްވަން މަސައްކަތްކުރި ދެ އިންތިހާބުގައި ވާދަކުރައްވަން ވެސް ތޯރިގް ވަނީ ކެންޑިޑަސީ ހުށަހަޅުއްވާފައެވެ. ނަމަވެސް އެފްއޭއެމްގެ މައްސަލަތަކެއް ހުރުމުުން، ދެ ފަހަރު ވެސް އިންތިހާބު ފަސްކުރަން ފީފާއިން ވަނީ އަންގާފައެވެ.

މި ލިއުމާއި ގުޅޭ