ސުކޫލަކަށް ވަދެ ހަމަނުޖެހުން ހިންގައި ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު 30 ދުވަހަށް ބަންދުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މއ. ކަނޑޫގެ، އަލީ އަހްމަދު އެވެ. މީނާ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ މީނާގެ މައްޗަށް މި ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވާކަމަށެވެ.
އެގޮތުން މީނާ ސުކޫލް ތެރެއަށް ވަދެ އަޑުގަދަ އަޑުގަދަކޮށް ބައެއް ޓީޗަރުންނަށް ބިރުދެއްކިކަމަށް އެ ސުކޫލުގެ ބައެއް މުވައްޒަފުން ބުނެފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތްލާފައި ނުވާކަމަށް ވެސް އެ ސުކޫލުގެ މުވައްޒަފުން ފާހަގަކޮށްފައިވާކަމަށެވެ.
މީނާގެ ބަންދަށް 30 ދުވަސް ޖެހުމަށް ހުކުމް ކުރުމުގައި މީނާ އަކީ ބިރުދެއްކުމުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމާއި އަދި މި އަމަލު ހިންގާފައިވަނީ ސުކޫލެއްގެ ތެރޭގައި ކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ކަން ވެސް ފާހަގަ ކުރެވޭތީ އެކަމަށް ވެސް ރިއާޔަތް ކޮށްފައި ވާކަން ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެއެވެ.
2020 ވަނަ އަހަރުގައި 72 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި އަލީ އަހްމަދު ހިމެނެއެވެ.