Saturday 7th Sep 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ)

ކުރީގެ ސިޔާސީ ލީޑަރުން ވަނީ މި ގައުމުގެ ޖީލެއް ހަލާކުކޮށްލާފައި: ނައިބު ރައީސް

ކުރީގެ ސިޔާސީ ލީޑަރުން, ދިވެހިރާއްޖޭގެ ޖީލެއް ހަލާކުކޮށްލާފައިވާކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިރޭ ކުރިއަށްދާ ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނައިބު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން ބޭނުންވާ މަންޒިލަށް މި ގައުމު ވާސިލްކޮށްދެވޭނެ ވަރުގެ ވެރިއެއްކަމަށާއި އަދި އެ ގާބިލުކަން ހުރި ލީޑަރެއްކަމަށެވެ.

އެގޮތުން ރައްޔިތުން އެމަނިކުފާނު ވެރިކަމަށް ހޮވީ އެމަނިކުފާނު ވާހަކަ ދެއްކުމުގައި ތެދުވެރިކަމާއި ރައްޔިތުންގެ އިހުސާސް ދަނެގެން ރައްޔިތުންގެ ވާހަކައިގެ އަޑު އެހޭވަރުގެ ގާބިލް ބޭފުޅަކަށް ވާތީކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"އެ ޔަގީންކަމުގެ މައްޗަށް ބިނާކޮށް ރައްޔިތުން އެމަނިކުފާނަށް ސުޕަމެޖޯރިޓީ ވެސް ދެއްވީ، ރިޔާސީ އިންތިހާބުގައި އެކި އެކި ލެވެލްގައި މި ދަންނަވާ ކަހަލަ ސިޔާސީ ބޭފުޅުންނާއި ނަމުން މަޝްހޫރު ބޭފުޅުންނާ ވާދަކުރައްވައިގެން އެމަނިކުފާނު ބޮޑު ތާއީދެއް މި ރާއްޖެއިން ހޯއްދެވީ ރައްޔިތުން އެކަމަށް ބޭނުންވާ މިންވަރު ރައްޔިތުންނަށް ސާބިތުކޮށްދިނީމައި" ނައިބު ވިދާޅުވިއެވެ.

ނައިބު ރައީސް ހުސައިން ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު އައި ރައްޔިތުންގެ މަޖިލިސް އިންތިހާބުވެސް ރައީސް ޑރ. މުއިއްޒުއަށް ދީފައިވަނީ އެ ގާބިލުކަން ހުރިކަން ސާބިތުކޮށްދީފައިވާތީކަމަށެވެ.

"ރައްޔިތުން ތެރޭގައި ނަފްރަތު އުފެއްދުމާއި ރުޅިވެރިކަން އުފެއްދުން މާޒީން އަނެއްކާވެސް އެކަންކަން ތަކުރާރުކުރުމުގެ މަސައްކަތްތަކެއް ފެށިގެން އައި، އެހެން ނަމަވެސް ރައްޔިތުން ބުނީ އަނެއްކާވެސް ނޫނެކޭ، ރައްޔިތުން ބޭނުން ނުވި މާޒީ އިއާދަކުރަކަށް" އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ މާޒީން ލިބުނީ ވަރަށް ހިތި ތަޖުރިބާއެއްކަމަށާއި ކުރީގެ ސިޔާސީ ލީޑަރުން ގައުމުގެ ޖީލެއް ހަލާކުކޮށްލާފައިވާކަމަށެވެ.

"އޭގެ ސަބަބުން އަޅުގަނޑުމެންގެ ޖީލެއް ހަލާކުކޮށްލާފައި އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެތިބީ، އޭގެ ހިތި ނަތީޖާ މިއަދުވެސް މުޖުތަމައުތެރޭގައި މި ފެންނަނީ" ނައިބު ވިދާޅުވިއެވެ.

ރައީސުލްޖުމުހުރިއްޔާގެ ނައިބު އިތުރަށް ވިދާޅުވީ މީގެ ކުރިން ތިއްބެވި ސިޔާސީ ލީޑަރުންގެ އަމަލުތަކުގެ ސަބަބުން އިޖުތިމާއީ ބޮޑެތި މައްސަލަތައް އުފެދިފައިވާކަމަށާއި ރައްޔިތުން މިހާރު ބޭނުންވަނީ އަމާން ސުލްހަވެރި ގައުމެއް ބިނާކުރުމަށްކަމަށެވެ.

އެގޮތުން އެ މަސައްކަތް ރައީސުލްޖުމުހުރިއްޔާ މިއަދު ކުރައްވަމުން ގެންދަވާކަމަށާއި އެމަނިކުފާނު ގާނޫނީ ވެރިކަން ދަމަހައްޓަވާނެކަމަށް ނައިބު ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ