އެމެރިކާގެ ނައިބްރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސް އޭނާގެ ނައިބުކަމަށް މިނެސޯޓާގެ ގަވަރނަރު ޓިމް ވޯލްޒް އިޚްތިޔާރުކުރައްވައިފިކަމުގެ މަޢުލޫމާތު ލިބިފައިވާ ދެ މަސްދަރަކުން ހާމަކޮށްފިއެވެ.
ކަމަލާގެ ރަނިންމޭޓަކަށް 60 އަހަރުގެ ވޯލްޒް އައްޔަނު ކުރެއްވި އިރު އޭނާއަކީ މިހާތަނަށް އެމެރިކާގެ ސިޔާސީ މައިދާނުގައި އެހާ ފާހަގަކޮށްލެވޭ ނަމެއް ނޫނެވެ.
ނަމަވެސް، ފާއިތުވި ހަފްތާގައި ޓީވީ އިންޓަވިއުއެއްގައި ބައެއް ރިޕަބްލިކަނުން "ވީރްޑް" ކަމަށް ބުނެ ފާޑުކިޔުމާއި ގުޅިގެން އޭނާގެ ޕްރޮފައިލް މަތިވެގެން ދިޔައެވެ.
މީގެ އިތުރުން، ވޯލްޒްއަކީ ލިބަރަލް ވިސްނުމުގެ ބޭފުޅަކަށްވުމާއި އެހެން ކެންޑިޑޭޓުންނާ އަޅާބަލާއިރު ކަނާތުފިޔައިގެ ފާޑުކިޔުންތަކަށް މަދުން ހުށަހެޅޭ ބޭފުޅަކަށްވުމުން، ހެރިސްއަށް އެންމެ ރައްކާތެރި ޗޮއިސްއެއްގެ ގޮތުގައިވެސް ބެލެވެއެވެ.
ވޯލްޒް އިޚްތިޔާރުކުރެއްވުމުގެ އިތުރު ސަބަބެއްގެ ގޮތުގައި، ޓްރަމްޕް ކެމްޕޭން ކުރަން އަމާޒުކުރަމުންދާ މިޑްވެސްޓަރން ސްޓޭޓަކުން އޭނާ އައިސްފައިވުން އެއީ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
2020 ގައި ބައިޑެން 7 ޕޮއިންޓުން މިނެސޯޓާ ކާމިޔާބުކުރި ނަމަވެސް، 50 އަހަރަށްވުރެ ގިނަ ދުވަހު ރިޕަބްލިކަނުން އެ ސްޓޭޓް ކާމިޔާބުކޮށްފައިވެއެވެ.