ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ހޮޓެލެއްގައި ދިވެއްސަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވާ ފެނުނު މީހާ ނިޔާވެފައިވާކަން އެއްވެސް ރަސްމީ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އޮންލައިން ނޫސްތަކުން ރިޕޯޓުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނިޔާވެފައިވަނީ ތ. މަރަފުށީ ފިރިހިނެކެވެ.
އެގޮތުން، ހާރިޖީ ވުޒާރާ މެދުވެރިކޮށް އޭނާގެ އާއިލާއަށް އެ ހަބަރު ދީފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި މި މައްސަލަ ބެންކޮކް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ތައިލެންޑަކީ އެތައް ގައުމަކުން ފަތުރުވެރިން ދަތުރުކުރާ ގައުމަކަށްވާއިރު، އެ ގައުމުގައި މިފަދަ އެތައް ހާދިސާއެއް ހިނގައެވެ. އެގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ތައިލެންޑުގެ ލަގްޒަރީ ހޮޓަލެއްކަމުގައިވާ ގްރޭންޑް ހަޔަޓް އެރަވާން ހޮޓެލުގައި 6 މީހުން މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.