Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިޓަލީ

އިޓަލީ އަދި އިންޑޮނޭޝިއާގެ ރައްޔިތުން މެދުއިރުމައްޗަށް ދަތުރުނުކުރުމަށް އިންޒާރުދީފި

ޙިޒްބުﷲގެ އިސް ކޮމާންޑަރަކާއި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ތެހެރާންގައި އަވަހާރަކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ ސަރަޙައްދުގައި ހަލަބޮލިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، އިޓަލީ އަދި އިންޑޮނޭޝިއާއިން އެގައުމުތަކުގެ ރައްޔިތުން އެ ސަރަޙައްދަށް ދަތުރުނުކުރުމަށް އިންޒާރުދީފިއެވެ.

އިޓަލީގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވިދާޅުވެފައިވަނީ ލެބަނަންގައި ތިބި އިޓަލީގެ ރައްޔިތުން އެ ގައުމުގެ ދެކުނު ސަރަޙައްދަށް ދިއުމުން އެއްކިބާވެ، ވިޔަފާރި ފްލައިޓްތަކުން އަނބުރާ އައުމަށެވެ.

އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ވަނީ ލެބަނަން، އީރާން އަދި އިސްރާއީލަށް ދަތުރުކުރުމުން ދުރުހެލިވުމަށާއި، ލެބަނަންގައި ތިބި ރައްޔިތުން ވަގުތުން އެ ގައުމުން ފުރައިގެން ދިއުމަށް އިރުޝާދު ދީފައެވެ.

މި ދެ ގައުމުންވެސް މިފަދަ އިރުޝާދުތައް ދީފައިވަނީ އެ ސަރަޙައްދުގެ ހާލަތު ގޯސްވަމުން ދިއުމާ ގުޅިގެން ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ރިއާޔަތްކޮށެވެ.

މީގެ ކުރިން ބެއިރޫތުގައި ހުރި ފްރާންސްގެ އެމްބަސީން ވަނީ ފްރާންސްގެ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް ލެބަނަން ދޫކޮށް ދިއުމަށް އިރުޝާދު ދީފައެވެ.

އަދި ހޮނިހިރު ދުވަހު އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ އިސްރާއީލާއެކު ހިނގަމުންދާ ހަނގުރާމަ އިތުރަށް ފުޅާވެދާނެކަމުގެ ބިރަށްޓަކައި އެ ގައުމުގެ ރައްޔިތުން ވެސް ވަގުތުން ލެބަނަން ދޫކޮށް ދިއުމަށް އަންގާފައެވެ.

ޙިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހަލަބޮލިކަން އިތުރުވެފައިވަނީ އަންގާރަ ދުވަހު ބެއިރޫތުގެ ދެކުނު ސަރަޙައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޙިޒްބުﷲގެ އިސް ކޮމާންޑަރު ފުއާދު ޝުކުރު އަވަހާރަކޮށްލުމާއި، ޖެހިގެން އައި ދުވަހު ތެހެރޭންގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ ވެސް އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ.

މި ލިއުމާއި ގުޅޭ