60 އަހަރަށްފަހު، އެންމެ ގިނަ ރަން މެޑަލް ހޯދި އަންހެން އެތުލީޓުގެ ރިކޯޑާ އަރާ ހަމަކޮށްފިއެވެ.
ކޭޓީ ލެޑެކީ އޭނާގެ އެންމެ ފުރަތަމަ އޮލިމްޕިކް ރަން މެޑަލް ހޯދާފައިވަނީ އުމުރުން އެންމެ 15 އަހަރުގައެވެ. ނަމަވެސް، އެ އަހަރަކީ ފެތުމުގެ ދުނިޔޭގައި ނަން މަޝްހޫރު މައިކަލް ފިލިޕްސް ގެ ފަހު މުބާރާތްކަމަށްވުމުން، ހުރިހާ ލޯތަކެއް އަމާޒުވީ ފިލިޕްސަށެވެ.
އެއަށްފަހު ފަހަރަކު މެޑަލެއް ހޯދަމުން އެމެރިކާގެ އެންމެ ކާމިޔާބު އަންހެން އެތުލީޓުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ލެޑެކީމުޅި ދުނިޔެ ސިއްސުވައިލީ ދުނިޔޭގެ އެންމެ ގިނަ އޮލިމްޕިކް ރަން މެޑަލް ހޯދި އެތުލީޓު، ލަރިސްޓަރ ލެޓީނާގެ 60 އަހަރުވީ ރިކޯޑު މުގުރައިލުމަށްފަހުގައެވެ.
ލެޑެކީ މިފަހަރު ރަން މެޑަލް ހޯދާފައިވަނީ، އަންހެނުންގެ ކެޓަގަރީއިން 800 މީޓަރުގެ ފެތުމުގައި އިއްޔެ ވާދަކޮށް އެހެން ހުރިހާ ފެތުންތެރިން ފަހަތަށް ޖައްސާލުމަށްފަހުގައެވެ. ލެޑެކީ ރޭސް 8 މިނެޓާއި 11 ސިކުންތުން ރޭސް ނިންމި އިރު ދެވަނައަށް ދިޔަ ޓިޓްމަސް ރޭސް ނިންމާފައިވަނީ 8 މިނެޓާއި 12 ސިކުންތުންނެވެ.
ރޭސިން އަށް ވުރެ ބޮޑަށް ޓްރެއިނިން ކަމުދޭލެޑެކީ ބުންޏެވެ.
ކާމިޔާބީގެ އަސްލަކީ ގަދަ އަޅައި މަސައްކަތްކުރުން ކަމަށާއި އޭނާގެ ކާމިޔާބީގެ ސަބަބަކީ މުބާރާތުގައި ފެތުމަށް ކުރާ ފަރިތަކުރުންތަކަށް ދޭ ސަމާލުކަން ކަމަށެވެ. އެގޮތުން، ލެޑެކީއަކީ ފަރިތަކުރުންތަކަށް ކަމޭހިތާ "ޑިސިޕްލިން" ރަނގަޅު އެތުލީޓެއްގެ ގޮތުގައި ލެޑެކީގެ ކޯޗުން އޭނާ ސިފަކޮށްފައިވެއެވެ.