ފުލުހުންގެ ބެލުމުގެދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުން ކޮށްފައިވާ މި އިއުލާނުގައި ބުނެފައިވަނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށާއި މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްތި ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން މާފަންނު ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
- މެއި 21 ވަނަ ދުވަހު, ފުލޫނިޔާ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްމީ ބްރޭންޑުގެ ދެ މޯބައިލް ފޯނާއި އިއަޕޮޑެއް. އިންސިޑެންޓް ނަންބަރު 598627
- ޖުލައި 27 ވަނަ ދުވަހު, އައިޖީއެމްއެޗް ތެރެއިން ހޮވައިގެން ގެނެސްފައިވާ 35 ރުފިޔާ. އިންސިޑެންޓް ނަންބަރު 606783
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ޖޫން 26 ވަނަ ދުވަހު ދޮންއަނދަރާދަ ހިނގުމުން ހޮވައިގެން ގެނެސްފައިވާ ހައިޕްރެޝަރ ވޮޝަރއެއް. އިންސިޑެންޓް ނަންބަރު 606584
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް ފުލުހުން އެދިފައިވެއެވެ.
ހެންވޭރު ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ޖުލައި 27 ވަނަ ދުވަހު، މަޖީދިއްޔާ ސްކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ ހަތް ބޫޓު. އިންސިޑެންޓް ނަންބަރު 606702
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ޖުލައި 28 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި ބައެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުކިންގ އޮއިލް ހަމަކާއި ކަޓްއޮފް މެޝިނެއް. ކޭސް ނަންބަރު LC2024/09556، LC2024/09622
މި ތަކެތީގެ ވެރިފަރާތުން 9791382 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ކާކުކަން އެނގޭނެ ލިޔުމަކާއެކު ކުޅުދުއްފުށި ސިޓީ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދިފައިވެއެވެ.