Wednesday 9th Oct 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރޯޑްކާސްޓިން ކޮމިޝަން

އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުން އަވަސްކޮށްދޭން ކޮމިޓީގައި އެދިއްޖެ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް ބްރޯޑްކޮމްއިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުވެ ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ މެންބަރު އަލީ ޔޫސުފް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ މީޑިއާ ކޮމިޝަންގެ ގާނޫނަކީ ޒަމާނަށް ނުފެތޭ ގާނޫނެއް ކަމަށާއި، އެ ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ބްރޯޑްކޮމްއަށް އައި ބަދަލުތަކާ އެކު އެމްއެމްސީ އާއި އެ ކޮމިޝަން އެއްކޮލުމުގެ ވާހަކަ ދެކެވެމުން އައި ނަމަވެސް މިހާތަނަށް އެކަން ނުކުރެވި އޮތުމުގެ ސަބަބުން ބައެއް ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. އެގޮތުން ކޮމިޝަނުގައި މަސައްކަތްކުރާ ރަނގަޅު އިދާރީ މުވައްޒަފުން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް އަލީ ޔޫސުފް ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް ހަަތަރު އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ވަރަށް ރަނގަޅު ވަރަށް މުހިންމު މުވައްޒަފުންތަކެއް އަޅުގަނޑުމެންނާ ވަކިވެގެން ވެސް ހިނގައްޖެ، މިކަހަލަ މައްސަލަތަކުގައި އިނގޭތޯ. މިހާރު ވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުންގެ ތެރޭގައި އެ ޝައްކު، އެ ބިރުވެރިކަން.
ބްރޯޑްކޮމްގެ މެންބަރު އަލީ ޔޫސުފް

މީގެއިތުރުން އޭނާ ވިދާޅުވީ އެ ގާނޫނަށް ގެނެވިދާނެ ބަދަލުތަކުގެ ޑްރާފްޓެއް އެކުލަވާލައި، ނިމުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހުށަހަޅާފައިވާނެ ކަމަށާއި، ސަރުކާރު ބަދަލުވުމަށް ފަހު ބަންޑާރަ ނައިބުގެ އޮފީހުން އެ ބަދަލުތަކުގެ ޑްރާފްޓެއް ބޭނުންވެގެން އެދުމުން ވެސް ފޮނުވާފައިވާނެ ކަމަށެވެ.

ބްރޯޑްކޮމްއިން ވަނީ އެ ކޮމިޝަނުގެ ބައިވެރިވުމާއެކު އެ މަސައްކަތް މަޖިލީހުގެ ތެރެއިން އަވަސްކޮށްދީ ގާނޫނު އިސްލާހުކޮށްދިނުމަށް ކޮމިޓީގައި އެދިފައެވެ.

އެމްއެމްސީ އަދި ބްރޯޑްކޮމް އެއްކޮށްލުމަށް ތިން މެންބަރުންގެ ސަބް ކޮމިޓީއެއް ނަގައި މީޑިއާގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ފަހު ގާނޫނަށް އިސްލާހު ގެންނަން 2022 ވަނަ އަހަރުގެ ތެރޭގައި ކޮމިޓީން ފާސް ވެސް ކުރި ނަމަވެސް އެ މަސައްކަތް ފަހުން އޮތީ މަޑުޖެހިފައެވެ.
މި ލިއުމާއި ގުޅޭ