Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ކާވާ ލީގުގައި ވާދަކުރަން ގައުމީ އަންހެން ވޮލީބޯޅަ ޓީމު ނޭޕާލަށް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވޮލީބޯލް ލީގުގައި ކުޅެން ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ރޭ ނޭޕާލަށް ފުރައިފި އެވެ.

ނޭޕާލުގެ ކަތުމަންޑޫގައި މުބާރާތް ކުރިއަށްދާނީ އޮގަސްޓް 1 އިން އޮގަސްޓް 7 އަށެވެ.

މުބާރާތުގައި ފަސް ގައުމަކުން ވާދަކުރެ އެވެ. އެއީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ ނޭޕާލާއި އިންޑިއާ، ސްރީ ލަންކާ އަދި އީރާން އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހޮނިހިރު ދުވަހު އީރާނާ ދެކޮޅަށް ނުކުންނައިރު ތިން ވަނަ މެޗުގައި ލަންކާއާ ދެކޮޅަށް ނުކުންނާނީ އާދީއްތަ ދުވަހު އެވެ. ލީގު ބުރުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ކުޅޭނީ ނޭޕާލްއާ އެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ހަތަރު ޓީމެވެ. ލީގު ބުރުން ކަޓާނީ އެންމެ ޓީމެކެވެ. ސެމީ ފައިނަލް މެޗުތައް ކުޅޭނީ އޮގަސްޓް 6 ވަނަ ދުވަހު އެވެ.

ތިންވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 7 ވަނަ ދުވަހު އެވެ.

ރާއްޖޭން ކާވާ ވޮލީ ލީގުގައި ބައިވެރިވިއިރު އަންނަ ސެޕްޓެމްބަރު މަހު ސެންޓްރަލް ޒޯން ވޮލީ މުބާރާތް ރާއްޖޭގައި އޮންނާނެ އެވެ. ކާވާ ވޮލީ ލީގު ވާނީ ސެންޓްރަލް ޒޯން މުބާރާތަށް ނުކުންނައިރު ރާއްޖެ އަށް ރަނގަޅު ތަޖުރިބާއަކަށެވެ.

ރޭ ފުރި ޓީމުގައި މުހިއްމު ކުޅުންތެރިން ކަމަށްވާ އާއިޝަތު މާޖިދާ އާއި އާމިނަތު އަރީޝާ އަދި ހައްވާ ރާޝިއާ ހިމެނިފައެއްނުވެ އެވެ. އެކުޅުންތެރިން މިހާރު ވީ ބީޗް ވޮލީބޯޅަ ޓީމާ އެކު ބޫޓާނުގަ އެވެ. ބޫޓާނުގައި އެ މުބާރާތް ނިމޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ބޫޓާން މުބާރާތް ނިންމާފައި ތިން ކުޅުންތެރިން ސީނިއާ ޓީމާ ގުޅޭނެ އެވެ.

މި ލިއުމާއި ގުޅޭ