Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ޑިވެލޮޕްމަންޓް ބޭންކު ލައިސަންސް ހޯދުމަށް ހުށަހަޅައިފި

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމަށް ލައިސަންސް ހޯދުމަށް އެދި މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ(އެމްއެމްއޭ)އަށް ހުށައަޅައިފިއެވެ.

އިކޮނިމޮކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ މަތިން، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހިންގުމުގެ ލައިސަންސް ހޯދުމަށް އެދޭ ފޯމު މިއަދު އެމްއެމްއޭއަށް ހުށަހަޅާފައިވާކަމަށެވެ.

ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކު ކުންފުނި އުފައްދާވާފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

ރައީސް އުފެއްދެވި މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން މީގެ ކުރިން މައުލޫމާތުދިން ގޮތުގައި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ، މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެއެވެ.

މި ލިއުމާއި ގުޅޭ