Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހުކުރައްވައިފި

މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހުކުރައްވައިފިއެވެ.

މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މި ސަރުކާރުން ފެށާފައިވާ "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހުކުރައްވާފައިވަނީ، އެ ޕްރޮގްރާމް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒެވެ.

މާލެ ސަރަހައްދުގެ މަގުތަށް ތޮއްޖެހުން މަދުކޮށް، މަގުތަކުގައި ދުއްވާ ފަރާތްތަކާއި ފައިމަގުގައި އުޅޭ ފަރާތްތަކަށް ދަތި ނުވާނެހެން، މާލޭގެ މަގުތަކަކީ ހުރިހާ ރައްޔިތުންނަށްވެސް ރައްކާތެރި އަމާން މަގުތަކަށް ހެދުމުގެ ނިޔަތުގައި ފެށިގެންދިޔަ މި ޕްރޮގްރާމް ބަހާލެވިފައިވަނީ ޖުމްލަ 3 ބަޔަކަށެވެ.

އެގޮތުން، މި ޕްރޮގްރާމުގައި އަލިއަޅުވާލާފައިވާ 3 ބައިގެ ތެރޭގައި މާލޭގެ މަގުތަކަކީ ދަތުރުފަތުރު ކުރާ ފަރާތްތަކާއި ހިނގައި ބިނގާވެއުޅޭ ފަރާތްތަކަށް ރައްކާތެރި އަދި ފަސޭހަ އަމާން ތަންތަނަށްހެދުން ހިމެނެއެވެ.

އަދި، ގަވައިދާ ހިލާފަށް އޮޅުވާލައިގެން ރަޖިސްޓްރީކުރުން ނިމުމަކަށް ގެނެސް ކަމާގުޅޭ ގާނޫނުތަކާއި، ގަވާއިދުގެ ތެރެއިން ވެހިކަލް ރަޖިސްޓްރީކުރުމުގެ ކަންކަން ބަލައި ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރުންވެސް މި ޕްރޮގްރާމުގައި ހިމަނާފައިވެއެވެ. މީގެ ތެރެއިން، ދަތުރުފަތުރާ ބެހޭ ވުޒާރާއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން މާލެ ސިޓީ ކައުންސިލް ގުޅުވާލައިގެން މައުލުމާތު ހިއްސާ ކުރެވޭ އިންޓަރގްރޭޓަޑް އިންފޮރމޭޝަން ސިސްޓަމެއް ގާއިމްކުރުން ހިމެނެއެވެ.

ހަމައެއާއެކު، އާރުޓީއެލް ބަސްތަކުގެ ހިދުމަތްފަދަ ޕަބްލިކް ޓްރާންސްޕޯޓު ވަސީލަތްތަކުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް، ފުޅާކުރުން "މާލެ ފަހި" ޕްރޮގްރާމުގައި ހިމަނާފައިވެއެވެ. އެގޮތުން، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އާރުޓީއެލް ބަސްތަކުގެ ސައިޒު މިހާރަށް ވުރެ ކުޑަކޮށް، ބަސް ދަތުރުކުރާ ފްރީކުއެންސީ އިތުރުކުރުން ހިމަނާފައި ވެއެވެ.

މާލޭގެ މަގުތަށް ތޮއްޖެހިފައި އޮތް އޮތުމަށް ބަދަލުގެނެސް މަގުތަކުގައި ބޭނުން ނުކޮށް ބަހައްޓާފައި ހުންނަ ވެހިކަލްތައް މަގުތަކުން ނަގައި، ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާއިރު، އެކަމަށް ގިނަ ބަޔަކު ދަނީ ތައުރީފުކުރަމުންނެވެ. މި ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ސަބަބުން، މަގުތަކުގެ ދެފަރާތުގައި ބޭނުންނުކޮށް ބަހައްޓާފައި ހުންނަ ވެހިކަލްތަކުން ދެފަރާތް ފުރިހަމައަށް ދުށްމަތިން ދިވެހީން ހަނދާން ނުވާ މަގުތައްވެސް އެކީ ފެންނަން ފަށައި ބަރުގަނޑުގެ އަޑު ހުރިހާ މަގަކުން އިވުމުގެ އާދަ ނެތެން ފަށާފައިވެއެވެ.

މި ލިއުމާއި ގުޅޭ