Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

ވީރާނާވާން ދޫކޮށްލައިފައި ހުރި ދަރުބާރުގޭގެ މަރާމާތު ކޮށްފި

ކުރީ ސަރުކާރުން ވީރާނާވާން ދޫކޮށްލައިފައިހުރި ދަރުބާރުގެ މަރާމާތުކޮށް މަސައްކަތް ނިންމާލައިފިއެވެ.

1989 ވަނަ އަހަރު އިމާރާތްކުރެވުނު ދަރުބާރުގެއަކީ ރިޔާސީ އިފްތިތާހުތަކާއި، ގައުމީ ކޮންވެންޝަންތަކާއި، މަތީ ފެންވަރުގެ ކޮންފަރެންސްތައް ބާއްވާ ރަސްމީ މަލްޓިފަންޝަނަލް ކޮމްޕްލެކްސްއެކެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މި ޖުލައި މަހު ދަރުބާރުގޭގެ މަރާމާތުގެ މަސައްކަތް ފަށާފައިވެއެވެ. އެ ވުޒާރާއިން މިއަދު އެކްސްއަށް އާންމުކުރި ވީޑިއޯއިން ދަރުބާރުގޭގެ މަރާމާތުތައް ނިންމާލާފައިވާ މަންޒަރު ދައްކުވައިދެއެވެ.

ދަރުބާރުގޭގެ އެކި ތަންތަން ބާވެ ވީރާނާވާންފެށުމުން އިމާރާތްކުރުމާ ބެހޭ ވުޒާރާއިން އެ އިމާރާތުގެ ހަލާކުވެފައިވާ ފުރާޅު ހަދައި، އަލުން ޓައިލްސް ޖެހުމާއި، ހަލާކުވެފައިވާ އޭސީތައް ބަދަލުކޮށް ސަރވިސްކުރުމުގެ އިތުރުން ސީލިންގްވެސް މަރާމާތުކޮށްފައިވެއެވެ.

އަދި މީގެ އިތުރުން ދަރުބާރުގޭގެ އެތެރެއާއި ބޭރު ފާރުތަކުގެ މަރާމާތުކޮށް، ހިރިޔާ މާލަމާއި ރަންނަބަނޑޭރި މާލަމުގައި ހުންނަ ސްޓޭޖުގެ ކާރޕެޓުތައްވެސް ވަނީ ބަދަލުކޮށްފައެވެ.

ދަރުބާރުގޭގެ ފާހަގަކޮށްލެވޭ ޑޯމްތަކާއި އުނދަގޫ ލަކުޑި މަސައްކަތްތަކުން ގައުމުގެ މުއްސަނދި ސަގާފީ ތަރިކަ ދައްކުވައިދޭއިރު، އިމާރާތުގެ ސްޓްރެޓެޖިކް ލޮކޭޝަނުގެ ސަބަބުން އިމާރާތުގެ ބެކްޑްރޮޕެއްގެ ގޮތުގައި އިންޑިއާ ކަނޑުގެ ރީތި މަންޒަރުތައް ފެންނަން ހުރެއެވެ.

މި ލިއުމާއި ގުޅޭ