Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދާހިލީ ސަލާމަތާއި ފަންނިއްޔަތުގެ ވުޒާރާ

ގިނަ ބާވަތްތަކުގެ ޑުރަގު ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ އުސޫލެއް އެކުލަވާލަނީ

ގިނަ ބާވަތްތަކުގެ ޑުރަގު ބޭނުންކުރާ މީހުންނަށް ފަރުވާދޭނެ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ މުޙައްމަދު ޒާހިރު ރޭ ވިދާޅުވެއްޖެއެވެ.

ލުބުނާ މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައެވެ. މި ޕްރޮގްރާމްގައި ލުބުނާ ވިދާޅުވީ ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުންނަށް ފަރުވާދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އެ ފަދަ މީހުންނަށް ފަރުވާދޭނެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރަށް ލުބުނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް އިތުރު ޑޮކްޓަރީ ބޭހެއްގެ ފަރުވާ ފެށުމަށް ނިންމާފައިވާ ކަމަށާއި އެ ފަރުވާ މި މަހުގެ ފަހުކޮޅު ނޫނީ އަންނަ މަހުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ. އަދި މިހާރު މާލޭގައި މޯލްޑިވްސް ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)ގެ ގްރީންގޭގައި ހުންނަ ކްލިނިކް މެދުވެރިކޮށް ވެސް އެ ފަރުވާ ދޭނެ ކަމަށް ވެސް ލުބުނާ ވިދާޅުވިއެވެ.
އަދި އިތުރަށް ލުބުނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާއަށް އަމިއްލަ އެދިގެން އަންނަ މީހުންގެ އަދަދު މިހާރު ވަރަށް ގިނަ ކަމަށާއި ވީހާ ވެސް އަވަހަކަށް އެ މީހުންނަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
މީގެ އިތުރުން ލުބްނާ ވިދާޅުވީ ފާއިތުވީ ހަތް އަހަރުގެ ތެރޭގައި ވެސް ރާއްޖޭގައި އެންމެ އާންމީ މަސްތުވާތަކެތީގެ ހެރޮއިން އާއި ކެނަބިސް ކަމަށާއި ނަމަވެސް މަދުން މަސްތުވާތަކެތީގެ އެހެން ބާވަތްތައް ރާއްޖޭން ވެސް ފެންނަމުންދާތީ ފަރުވާގެ ނިޒާމް އެކުލަވާލާއިރު މިކަމަށް ވެސް ސަމާލުކަން ދޭނެ ކަމަށެވެ.
ލުބުނާ އަކީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގެ އިތުރުން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗެއާޕާސަން އެވެ.
މި ލިއުމާއި ގުޅޭ