އަހަރުގެ މިހާތަނަށް މަސްވެރިންނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރ 17 އިން ފެށިގެން އިއްޔެއާ ހަމައަށް ނަގުދު ފައިސާގެ ގޮތުގައި 853،177،412ރ ދޫކޮށްފައިވާއިރު ޖުލައިމަހު އެކަނިވެސް 66 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އެގޮތުން ޖުލައި މަހުގެ 1 ވަނަ ދުވަހު 64،979،826ރ އަދި ޖުލައި މަހުގެ 14 ވަނަ ދުވަހު 2،009،843 ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.
މިފްކޯއިން ބުނިގޮތުގައި މިހާރު މަސްވެރިންނަށް ނުދެވި ހުރީ 319،632 ރުފިޔާ ކަމަށެވެ.
މަސްވެރިން ބާނާ މަހަށް 48 ގަޑި އިރުގެ ތެރޭގައި ފައިސާ ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށް ވީހިނދު، ސަރުކާރުން މި ލަނޑުދަނޑި ހާސިލްކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިފްކޯގެ ހިންގުމަށް ބަދަލުތައް ގެނެސް، މަސް ކިރުމުގެ ކެޕޭސިޓީ އިތުރުކުރުމާއެކު މަސް ޕްރޮސެސްކުރާ 3 ފެކްޓްރީއެއްގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ ދުނިޔޭގެ މާކެޓްގައި މަހުގެ އަގު ހުންނަ ރޭޓަށް ބަލައި ކޮންމެ ހަފްތާއަކުވެސް މިފްކޯއިން މަސްގަންނަ އަގު ބަދަލުވާގޮތަށް އުސޫލު ބަދަލުކޮށްފައެވެ