އެމެރިކާގެ ކުރީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ދެވުނު ބަޑީގެ ހަމަލާއާއި ގުޅިގެން ކުރިމަތިލައްވަންޖެހުނު ފާޑުކިޔުންތަކާ ހެދި އެމެރިކާގެ ސީކްރެޓް ސަރވިސްގެ ވެރިޔާ އިސްތިއުފާދެއްވައިފިއެވެ.
ޗީޓްލް އިސްތިއުފާ ދެއްވުމަށް ސިޔާސީ ގިނަ ފަރާތްތަކަކުން ގޮވާލައިފައިވާއިރު، މިދިޔަ ޖުލައި 13 ވަނަ ދުވަހު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕެއިން ރެލީއެއްގައި އެމަނިކުފާނު އަވާހަރަ ކޮށްލުމަށް އަމާޒުކޮށް ބަޑީގެ ހަމަލާއެއް ވަނީ ދީފައެވެ.
ސީކްރެޓް ސާވިސްގެ އެހެން މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި ޗީޓްލް ވިދާޅުވެފައިވަނީ، ޤައުމުގެ ލީޑަރުން ރައްކާތެރިކުރުމަކީ ސިއްރު ޚިދުމަތުގެ މަސްއޫލިއްޔަތެއް ކަމަށާއި، އެކަމުގައި އުނިކަމެއް އައުމުގެ ޒިންމާ ނަންގަވާ ކަމަށެވެ. އަދި އޭނާގެ އިސްތިއުފާއަށް ގޮވާލުންތައް، ސިއްރު ޚިދުމަތުގެ މުހިންމު މަސައްކަތަށް ހުރަސްއެޅޭ ކަމަކަށް ވިޔަ ނުދިނުމަށްޓަކައި މި "އުނދަގޫ" ނިންމުން ނިންމެވީ ކަމަށް ވިދާޅުވެފައިވެއެވެ.