Wednesday 6th Nov 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މިދިޔަ ހޮނިހިރު ދުވަހާއި ހަމައަށް ރާއްޖެއަށް 1.1 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސް ހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް 1،118،878 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1،021،117 ފަތުރުވެރިންނެވެ. ވުމާއެކު މިއަދަދާއި އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 9.6 އިންސައްތައިގެ އިތުރުވުމެކެވެ.

އޭގެ އިތުރުން މި ތަފާސް ހިސާބުތައް ދައްކާގޮތުގައި މި ހިނގާ ޖުލައި މަހުގެ 102،349 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ މިހާތަނަށް ޒިޔާރަތް ކޮށްފައިވަނީ 91510 ފަތުރުވެރިނެވެ. ވުމާއެކު މިއަހަރުގެ ޖުލައި މަހުގެ މިހާތަނަށް ޒިޔާރަތްކުރި އަދަދަކީ މިދިޔަ އަހަރުގެ ޖުލައިމަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 12.9 އިންސައްތައިގެ އިތުރު އަދަދެކެވެ.

މީގެ އިތުރުން މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެގޮތުން އެ ގައުމުން 143036 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އެއާއި ޖެހިގެން ދެން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް 118،291 ފަތުރުވެރިން ރާއްޖެ އައިއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.6 އިންސައްތައެވެ.

މި އަހަރު ނިމުނުގެ ކުރިން ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ ސަރުކާރުން ހިފާފައިވާ އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވާނީ އަށް ލައްކަ ފަތުރުވެރިންނެވެ.

މި ލިއުމާއި ގުޅޭ