Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައްޔިތުން ބަލައިގަންނަ އިދާރާތަކަކަށް ކައުންސިލްތައް ހަދަންޖެހޭ: އާދަމް ޝަރީފް

ކައުންސިލްތަކުން ރައްޔިތުން އެދޭ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭ އަދި ރައްޔިތުން ބަލައިގަންނަ އިދާރާތަކެއްގެ ގޮތުގައި ހަދައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

"ނާރެސް" ޕޯޓަލް އިފްތިތާޙްކޮށް އޮޕަރޭޝަން "ކުރަނގި"ގެ ދެ ވަނަ ފިޔަވަހި ފެއްޓެވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނެސް ކައުންސިލްތައް ބާރުވެރިކުރުމަށް ޓަކައި ރައީސްގެ ޒަޢާމަތުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައި ކަމަށެވެ. މި ގޮތުން ކައުންސިލްތަކުގެ ދަރަޖަ ހަތަރަކުން ތިނަކަށް މަތިކުރައްވާފައިވާ ކަމަށާއި އަދި ކައުންސިލްތައް ޢިމާރާތްކުރުމުގެ މަޝްރޫޢެއް ވެސް ރައީސް އިޢުލާންކުރައްވާފައިވާ ކަމަށެވެ.

ރަށްރަށަށް ލިބޭ ޓެކްސްގެ ދިހަ އިންސައްތަ ރަށްރަށުގެ ކައުންސިލް ހިންގުމަށް ލިބޭނެ އިންތިޒާމް ފަހިކޮށް ދެއްވުމަށް ޓަކައި ޤާނޫންތަކަށް އެ ގެންނަން ޖެހޭ ބަދަލުތައް ގެންނަވައި އެ ކަންކަން ކުރައްވާނެ ކަމަށް އެ މަނިކުފާނު އިޢުލާން ކުރައްވައިފައިވޭ. މި ދެންނެވި ކަންތައްތަކުގެ އަލީގައި އިރާދަކުރެއްވިޔާ މި ރާއްޖޭގައި މިއަދު ހިނގަމުންދާ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކޮށް މާލީ ގޮތުން އެ ތަންތައް ހަރުދަނާ ތަންތަނަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ލާމަރުކަޒީ ޗެމްޕިއަނަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެގެންދާނެ" މިނިސްޓަރ ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ ޒިންމާތަކާއި، އަތޮޅު ކައުންސިލްތަކުން ކުރަންޖެހޭ ކަންތައްތައް މިހާރަށްވުރެ ބޮޑަށް އެނގެންޖެހޭކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ މެންޑޭޓް އިތުރަށް ހަރުދަނާކޮށް އެތަންތަނަކީ ރައްޔިތުންނާ ގާތުން ޒިންމާދާރު ގޮތުގައި މަސައްކަތްކުރާ ތަނަކަށް ހަދަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އަތޮޅު ކައުންސިލަކީ މުޅި އަތޮޅަށް ނިސްބަތްވާ ގޮތަށް އަތޮޅު ތަރައްގީކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވައިގެންވެސް މަސައްކަތް ކުރައްވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށްއެއްވެސް ލޮޅުމެއް އަންނާނެކަމެއް އެއްވެސްކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
މި ލިއުމާއި ގުޅޭ