Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މީހާގެ ބަންދަށް 30 ދުވަސް

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާއި ގުޅޭ މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 48 އަހަރުގެ މީހެއްކަމަށެވެ. އޭނާގެ ބަންދާއިމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ 30 ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ގާކޮށީގައި ހުރި ކޭއެފްސީގެ އިމާރާތަށް އިއްޔެވެސް ގެއްލުންދީފައިވެއެވެ. އިއްޔެ ހަވީރު ކޭއެފްސީގެ ލޯގަނޑު ދެވަނަފަހަރަށް ތަޅާލާފައިވާއިރު، އެ މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޭއެފްސީއަށް ގެއްލުން ދިނުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބެއްކަމަށް ލަފާކުރެވެނީ އެ ކުންފުންޏާއި އިސްރާއިލާ އޮތް ގުޅުމެވެ. ޕިއްޒާ ހަޓާއި ކޭއެފްސީ އަކީ އެމެރިކާގެ "ޔުމް" ކޯޕަރޭޝަނުން ހިންގާ ދެ ޗެއިންއެވެ. ޔުމް ކުންފުންޏަކީ އިސްރާއީލަށް ފަންޑުކުރުމުގައި މަޝްހޫރު ކޯޕަރޭޝަނެކެވެ.

މި ލިއުމާއި ގުޅޭ