ފިއިނޭންސް ފޯރަމް 2024 މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.
ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމް އޮންނާނީ މި މަހުގެ 22 ވަނަ ދުވަހު (މާދަމާ) ކުރުނބާ މޯލްޑިވްސްގައެވެ.
މިއަހަރު ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމުގައި ޕެންޝަން ނިޒާމާއި ގުޅޭ ގިނަ މަޝްވަރާތަކެއް ކުރަން ހަމަޖެހޮފައިވާކަމަށް ޕެންޝަން އޮފީހުން ބުނެފައިވެއެވެ.
މި އަހަރުގެ ފައިނޭންސް ފޯރަމް ޝިއާރަކީ "ސަސްޓެއިނަބަލް ޕެންޝަން ސިސްޓަމް" ނުވަތަ "ދެމެހެއްޓެނިވި ޕެންޝަން ނިޒާމް" މިއެވެ.
ޕެންޝަން އޮފީހުން ބުނިގޮތުގައި މި އަހަރުގެ ފޯރަމްގައި މަޝްވަރާތައްކުރިއަށް ދާނީ މި މައުޟޫއުއާ ގުޅޭގޮތުންނެވެ.
އެގޮތުން ޕެންޝަން ނިޒާމުގެ ދެމެއްޓެނިވިކަމާއި ކުރިމަގަށް ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ޕެންޝަން އޮފީހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މި ފޯރަމަކީ 2012 އިން ފެށިގެން ބާއްވަމުން އަންނަ ފޯރަމެކެވެ. ކޮވިޑާއި ގުޅިގެން 2020 އަދި 2021 ގައި މި ފޯރަމް މެދުކަނޑާލާފައިވާއިރު މި އަހަރުގެ ފައިނޭންސް ފޯރަމަކީ މިހާތަނަށް ބާއްވާ 11 ވަނަ ފޯރަމެވެ.