ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުން މަޖިލިސް މެންބަރުންގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ޗައިނާގައި ކުރިއަދާ ޗައިނާ ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް މި ވަފުދު ފުރާވަޑައިގެންފައިވާއިރު، މި ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
އެ ފޯރަމުގައި ނާޒިމް ތަގުރީރުކުރެއްވުމަށްވެސް ތާވަލުކުރެވިފައިވެއެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ ކަންތައްތަކެއް އަންނަނީ ކުރަމުންނެވެ. ދެގައުމުގެ ގުޅުމުގެ ސަބަބުން އެތައް ފައިދާތަކެއް ރާއްޖެއަށް ކުރަންފަށާފައިވެއެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި ޗައިނާ ފަތުރުވެރިން ދަނީ އެތައް ރިކޮޑެއް މުގުރަމުންނެވެ.