Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ޓީ20 ޕްރިމިއާ ލީގު ކްރިކެޓް ޗެމްޕިއަންކަން މިލާން އެކެޑަމީ ހޯދައިފި

މޯލްޑިވްސް ކްރިކެޓް ބޯޑުން އިންތިޒާމުކުރި، ޓީ20 ޕްރިމިއާ ލީގުގެ ކްރިކެޓް ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީ ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގައި އޮންނަ ކްރިކެޓް ދަނޑުގައި ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީ ކަށަވަރުކުރީ އިއްޔެ ކުޅުނު ފަހު މެޗުގައި މާލޭ ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެންނެވެ. މެޗު މިލާން ކްރިކެޓް އެކެޑަމީ އިން ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

ޖުމްލަ 281 ލަނޑާ އެކު މުބާރާތުގައި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކީ މިލާން ކްރިކެޓް އެކެޑަމީގެ ޔޫސުފް އަޒްޔާން އެވެ. އެންމެ ގިނަ ވިކެޓް ނެގީ، 13 ވިކެޓާ އެކު މިލާން ޓީމުގެ ލީމް ޝަފީޤް އެވެ.

މުބާރާތުގައި ވާދަކުރީ ހަ ޓީމެވެ. މިލާން ކްރިކެޓް އެކެޑަމީ އެއްވަނަ ހޯދީ ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެންނެވެ. އެޓީމުން ޖުމްލަ 10 ޕޮއިންޓް ހޯދި އެވެ.

ދެވަނަ ލިބުނު މާލެ ސްޕޯޓްސް ކްލަބާއި ތިންވަނަ ހޯދި ސީބީއެލް ސްޕޯޓްސް ކްލަބަށް ލިބުނީ ތިން ޕޮއިންޓެވެ. ހަތަރު ވަނަ ހޯދި ވިޔަންސާ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު ފަސްވަނައިގައި ނިންމާލި މާލެ ވެޓެރަންސް ވެސް ހަތަރު ޕޮއިންޓް ހޯދި އެވެ. ފުލަށް ދިޔަ އޮއްފު އެފްސީ ވަނީ ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ.

ޓީ20 ކްރިކެޓް ޕްރިމިއާ ލީގު ފެށީ ޖޫން 28 ވަނަ ދުވަހު އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދިޔައީ ހަފްތާ ބަންދުގެ ދެ ދުވަހަށް ބަހާލައިގެންނެވެ.

ޗެމްޕިއަން މިލާން ކްރިކެޓް އެކެޑަމީއާ އެކު ގަދަ ހަތަރު ޓީމު ދެން ވާދަކުރާނީ ޓީ20 ޕްރެޒިޑެންޓްސް ކަޕްގަ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭނީ މިލާން، ސީބީއެލް ސްޕޯޓްސް، މާލެ ސްޕޯޓްސް ކްލަބް އަދި ވިޔަންސާ އެވެ.

ޓީ20 ކްރިކެޓް ޕްރެޒިޑެންޓްސް ކަޕް ފަށާނީ ޖުލައި 26 ވަނަ ދުވަހު އެވެ.

މި ލިއުމާއި ގުޅޭ