Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑޮނަލްޑް ޓްރަމްޕް

ބަޑީގެ ހަމަލާއަށްފަހު ޓްރަމްޕްގެ ފުރަތަމަ އެއްވުމަށް އެތައް ހާސް ބަޔަކު ޖަމާވެއްޖެ

މި މަހުގެ 14 ވަނަދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވުނު ބަޑީގެ ހަމަލާއަށްފަހު އޭނާ ބޭއްވި ފުރަތަމަ ސިޔާސީ ރެލީއަށް އެތައްހާސް ބަޔަކު ޖަމާވެއްޖެއެވެ.

ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިޝިގަންގެ ގްރޭންޑް ރެޕިޑްސްގައި އިއްޔެ ބޭއްވުނު ޑޮނަލްޑް ޓްރަމްޕްގެ ރެލީއަށް އެކިކަންކޮޅުތަކުން އެތައް ހާސް ބަޔަކު ވަނީ ޖަމާވެފައެވެ.

މިއީ ޕެންސިލްވޭނިއާގައި އޭނާއަށް ދިމާވި ނުރައްކާތެރި ހާދިސާއަށްފަހު އޭނާ ބޭއްވި ފުރަތަމަ އާންމު ރެލީއެވެ.

މި ރެލީ ބޭއްވުނީ އެރީނާއެއްގެ އެތެރޭގައި ކަމުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވެއެވެ. 12،000 މީހުންގެ ޖާގަ އޮތް އެރީނާގެ ދޮރުތައް ބަންދުކުރަން ޖެހުނީ ޓްރަމްޕް ވަޑައިގަތުމުގެ ދެ ގަޑިއިރު ކުރިންނެވެ. އެއީ އެތަނަށް އެއްވި މީހުން ގިނަވެ އެތަނަށް ނުކަތާވަރު ވުމުން ކަމަށް ބީބީސީން ބުނެއެވެ.

ޕެންސިލްވޭނިއާގެ ހާދިސާއަށްފަހު ސަލާމަތީ ކަންކަމަށް ސަމާލުކަން ދިނުމަށް ގޮވާލާފައި ވީނަމަވެސް، ގިނަ ބަޔަކު މި ރެލީއަށް ހާޒިރުވެފައިވަނީ އެކަމަށް އަހައްމިއްޔަތުކަމެއް ނުދީއެވެ. މީގެ ބަދަލުގައި އެމީހުން ބޭނުންވަނީ ޓްރަމްޕަށް އެއްބާރުލުން ދޭކަން ދައްކާލުމަށެވެ.

މި ރެލީގައި ޓްރަމްޕްގެ އައު ރަނިންގ މޭޓް ޖޭޑީ ވޭންސް ވެސް ބައިވެރިވިއެވެ. އަދި މިއީ ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަނަށްފަހު ބޭއްވުނު ފުރަތަމަ ރެލީއެވެ.

ރެލީގައި ޓްރަމްޕް ވާހަކަދައްކަމުން ވިދާޅުވީ ޕެންސިލްވޭނިއާގެ ހާދިސާގައި އޭނާ ސަލާމަތްވީ "ގޯޑްގެ ރައްކާތެރިކަން" ލިބިގެން ކަމަށެވެ.

ޓްރަމްޕްގެ ދެން އޮތް ރެލީ އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ނޯތު ކެރޮލައިނާގެ ޝާލެޓްގައެވެ. އެހެންނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ރައީސް ބައިޑެން ވަނީ އޭނާގެ ކެމްޕޭން ހަރަކާތްތައް މެދުކަނޑާލާފައެވެ.

މި ލިއުމާއި ގުޅޭ