މިއަދު ބޭއްވުނު ފ. ބިލެތްދޫ ކައުންސިލްގެ ރައީސް ބައި އިލެކްޝަން ޕީއެންސީގެ ކެންޑިޑޭޓް އަރީހް އިސްމާޢީލް ކާމިޔާބުކޮށްފިއެވެ
އަރީޝް މިއިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝާއިލް މާހިރުއާއި ވާދަކޮށްގެން ކުރި ހޯއްދަވައިގެންނެވެ.
ބިލެއްދޫ ކައުންސިލް ރައީސްގެ މާޤާމް ހުސްވީ އެމަޤާމުގައި ހުންނެވި އަޙްމަދު އަސްލަމް ބިލެތްދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވައި މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެންނެވެ.
މިއަދު ބޭއްވުނު ބައި އިލެކްޝަނުގައި އިދިކޮޅު އެމްޑީޕީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައި، އިންތިޚާބުތަކުން ބަލިވުމުގައި އެމްޑީޕީން ދަމަހައްޓަމުން އަންނަ ރިކޯޑް ހިފަހައްޓާފައެވެ. މިގޮތުން މިއަދު 6 ދާއިރާއެއްގެ ބި އިލެކްޝަން މިއަދު ބޭއްވުނު އިރު އެމްޑީޕީއަށް އެއްވެސް ދާއިރާއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ވެރިކަންކުރާ ޕީއެންސީ (ކޮންގްރެސް ޕާޓީ) އިން 5 ދާއިރާއެއް ކާމިޔާބުކޮށްފައިވާއިރު ބާކީ އިން ދއިރާ ކާމިޔާބުކުރެއްވީ އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓެވެ.
އަރީހްގެ އިތުރުން މިއަދު ބައި އިލެކްޝަންތައް ކާމިޔާބު ކުރެއްވި ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓުންނަކީ ހުޅުމާލެ ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އަލީ އައިމަން، މައްޗަންގޮޅި މެދު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު އިޝާން އަލީ، ހެންވޭރު ހުޅަނގު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު ފާތުމަތު ޝައުފާ ސަލީމް، ކުޅުދުއްފުށި އުތުރު ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް އަހުމަދުއެވެ.
ބައި އިލެކްޝަންތަކަށް އިޢުލާން ކުރުމުން އެންމެ ފަރާތަކުން ކުރިމަތީލީ ދާއިރާތަކަށް ވަނީ އެ ފަރާތްތައް އިންތިޚާބަކާ ނުލާ ހޮވިފައެވެ. މި މެންބަރުންނަކީވެސް ޕީއެންސީގެ މެންބަރުންކަން ފާހަގަކޮށްލެވެއެވެ.