އީރާން މިހާރު ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހާސިލުކުރުމާ ދެމެދު އޮތީ އެންމެ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެ ދުރުމިން ކަމުގައި އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތޯނީ ބްލިންކަން ވިދާޅުވެފައިވަނީ އީރާނަށް ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމަށް ބޭނުންވާ މެޓީރިއަލް އަވަހަށް އުފެއްދުމުގެ ޤާބިލުކަން މިހާރު ހާސިލުކުރުމަށް އޮތީ ވަރަށް ބޮޑަށް ފުރުޞަތު ހުޅުވިފައި ކަމަށެވެ.
ކޮލޮރާޑޯގައި ބޭއްވުނު އަސްޕެން ސެކިއުރިޓީ ފޯރަމްގައި ވާހަކަދައްކަވަމުން ބްލިންކަން ވިދާޅުވީ، ނިއުކްލިއަރ އެއްބަސްވުން އުވާލުމާ ގުޅިގެން، އީރާނަށް ނިއުކްލިއަރ ހަތިޔާރަކަށް ބޭނުންވާ ފިޝައިލް މެޓީރިއަލް އުފެއްދުމުގެ ޤާބިލުކަން ހާސިލުކުރުމަށް އަހަރެއްގެ މުއްދަތު ބޭނުންވާ ކަމުގައި ވީނަމަވެސް، މިހާރު އެކަން "ހަފުތާއެއް ނުވަތަ ދެ ހަފުތާއެއްގެ" ތެރޭގައި ކުރެވިދާނެ ކަމަށެވެ.
ބްލިންކެން މިހެން ވިދާޅުވެފައިވާއިރު، އިރާނާ އެމެރިކާއާއި ދެމެދު ގުޅުން ގޯސްވެ ނިއުކްލިއަރ އެއްބަސްވުން އުވާލައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.