Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

ހަރަދު ކުޑަކުރުމަށް އާދައިގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނުގެންނާނެ: މިފްކޯ

ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އާދައިގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނުގެންނާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން މިހެން ބުނީ މީޑިޔާތަކަށް މައުލޫމާތު ދެމުންނެވެ. މިފްކޯ އިން ބުނީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާދައިގެ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނުގެންނާނެ ކަމަށާއި މުސާރައަށް ބަދަލު އަންނާނީ އިސްފަރާތްތަކުގެ ކަމަށެވެ.

އަދި މިފްކޯ އިން ބުނެ މިއީ މިފްކޯގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ބްލީޑްވާ ދިމާ ދެނެގަތުމާއި އިސްރާފު ކުޑަކުރުމަށް ގެންނަމުންދާ ހެޔޮ ބަދަލެއް ކަމަށާއި މިކަމުގައި އެއްވެސް އޮޅުވާލުމެއް އެކުންފުނިން ނުގެންގުޅޭ ކަމަށެވެ.

މިފްކޯއިން މުވައްޒަފުންނަށް ދޭ އެލަވަންސަކީ ހައްޤުގޮތުގައި އޭގެ ހައްގުވެރިންނަށް ދެވޭ އެއްޗެއްގެ ގޮތުގައި ކަންކަން ތަރުތީބުކުރުމަކީ އެންމެ ހައްގު ގޮތް ކަމަށް މިފްކޯއިން ދެކޭ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ވެސް މުވައްޒަފުންނަށް ހައްޤުވާ މިންވަރު އެމީހުންނަށް ދިނުން ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.

މީގެ އިތުރުން މިފްކޯއިން ބުނީ ހަރަދުކުޑަކުރަން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށާއި މުސާރައާއި އިނާޔަތްތައް އުނިކުރަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކަކީ އެ ކުންފުނީގެ އަގުވައްޓާލުމަށްޓަކައި ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ