Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސްޕެއިންގެ ކެޕްޓަން މޮރާޓާ އޭސީ މިލާނަށް ބަދަލުވެއްޖެ

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ދޫކޮށް އަލްވާރޯ މޮރާޓާ އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ މޮރާޓާގެ ސޮއި މިލާނުން ހޯދީ ހަތަރު އަހަރު ދުވަހަށެވެ. އެ ކްލަބުން ބޭނުންނަމަ އެއްބަސްވުން ހަމަވުމުން އިތުރު އަހަރަކު މޮރާޓާ ކްލަބުގައި ބެހެއްޓޭނެ އެވެ.

މޮރާޓާ ގެންނަން މިލާނުން ވަނީ އޭނާގެ ކޮންޓެކްޓަށްވާ ރިލީސް ކްލޯސް ދައްކައިފަ އެވެ. މޮރާޓާގެ ޖުމްލަ އަގުގެ ގޮތުގައި އެތުލެޓިކޯ އިން ކަނޑައަޅާފައިވަނީ 14 މިލިއަން ޑޮލަރެވެ.

މޮރާޓާ ފުޓްބޯޅަ ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. އޭގެފަހުން އޭނާ ވަނީ ޗެލްސީ އާއި ޔުވެންޓަސް އަށް ކުޅެފަ އެވެ.

ރެއާލްގައި ހޭދަކުރި މުއްދަތުގައި ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ. އަދި، އޭގެފަހުން ޔުވެންޓަސްގައި އިޓަލީ ލީގު ދެ ފަހަރު ހޯދި އެވެ. ޗެލްސީގައި މޮރާޓާ އެފްއޭ ކަޕް ކާމިޔާބުކުރި އެވެ.

މޮރާޓާ އަކީ މިދިޔަ ހަފްތާ ނިމުނު ޔޫރޯ 2024 ކާމިޔާބުކުރި ސްޕެއިން ޓީމުގެ ކެޕްޓަނެވެ. ޔޫރޯގައި ސްޕެއިން ކުޅުނު ހަތް މެޗުގައި މޮރާޓާ އެއް ގޯލު ޖެހި އެވެ. އޭނާގެ ހަމައެކަނި ގޯލު ފެނުނީ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ސްޕެއިން އަށް މޮރާޓާ ވަނީ 80 މެޗު ކުޅެ 36 ގޯލު ޖަހައިފަ އެވެ.

މި ލިއުމާއި ގުޅޭ