Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

މާލޭ ސިޓީއާއި އިތުރު ތިން ރަށެއްގެ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި

މާލޭ ސިޓީ ކައުންސިލާއި އިތުރު 3 ރަށެއްގެ ކައުންސިލް ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

މި ބައި އިލެކްޝަން އަކީ މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ ތިން ގޮޮނޑިއަށް ކައުންސިލަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އެވެ. މި ބައި އިލެކްޝަން ގެ ވޯޓު ލުން ފަށާފައިވަނީ މިއަދު ހެނދުނު 08:00 ގައެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިންދާއިރާ އަކީ މައްޗަންގޮޅި މެދު ދާއިރާއާއި، ހެންވޭރު ހުޅަނގު ދާއިރާ ގެ އިތުރުން ހުޅުމާލެ ދާއިރާ އެވެ. މި ތިން ދާއިރާ ހުސްވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެ ކައުންސިލްގެ ތިން މެންބަރަކު މަޖިލީހަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި މައްޗަން ގޮޅި މެދު ދާއިރާ އަށް ވާދަ ކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ޓިކެޓުގައި ފާތިނަތު އިޝާން އަލީ، އައިނާއެޑަމްސް އަދި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވަނީ ހައްވާ ޝިފާނާ، މއ. ރިހިރާޅު އެވެ.

ޕީއެންސީ ޓިކެޓުގައި ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން އަދި އެމްޑީޕީ ޓިކެޓުގައި މުހައްމަދު ޢަލީ ޖިނާދު، ހ. ގްރީންޒެސްޓް ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރައްވާއިރު ހުޅުމާލެ ދާއިރާ އަށް ޕީއެންސީ ޓިކެޓުގައި އަލީ އައިމަން، ހ. ފުޖޭރާ އަދި އެމްޑީޕީ ޓިކެޓުގައި އަހުމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3 ވާދަކުރައްވައެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހެނދުނު 08:00 ގައި ފެށި މި ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ ހަވީރު 16:00 އާ ހަމައަށް ކަމަށާއި މި ބައި-އިލެކްޝަންގައި މާލޭގެ އެކި ސަރަހައްދުތަކުގައި 12 ވޯޓު ފޮށްޓެއް ގެ އިތުރުން ހުޅުމާލޭގައި ވެސް ފޮއްޓެއް ބަހައްޓާފައިވާ ކަމަށް ބުނެއެވެ.

މާލެ ސިޓީ ކައުންސިލް ގެ އިތުރުން ފ. ބިލެތްދޫ ކައުންސިލްގެ ރައީސް ، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ ކައުންސިލް މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވަން ބާއްވާ ބައި-އިލެކްޝަން ވެސް މިއަދު ކުރިއަށް އެބަދެއެވެ.

މި ލިއުމާއި ގުޅޭ