Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ދިވެއްސަކު ރަހީނުކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

ރަހީނުކުރި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން މި ތިން މީހުންގެ މައްޗަށްވެސް 10 ދުވަހުގެ ބަންދު އަމުރެއް ނެރެފައިވެއެވެ.

ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި ހައްޔަރުކޮށްފައިވަނީ، އުމުރުން 22، 27 އަދި 30 އަހަރުގެ ދިވެހި 3 ފިރިހެނެކެވެ.

އެމީހުނާ ދެކޮޅަށް ހުށަހެޅިފައިވާ ހެކީގެ ނިސްބަތަށް ބަލާއިރު، އެމީހުން މައްޗަށް ތުހުމަތުކޮށްފައިވާ ކުށް އެމީހުން ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ގަރީނާ ކޯޓަށް ލިބިފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، ހެކިން ދީފައިވާ ބަޔާނުގެ އިތުރުން، ސްނެޕްޝޮޓް ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ވެއެވެ.

އަދި މީގެ އިތުރުން، ސީނުން އެމީހުން ހައްޔަރުކޮށްފައިވާއިރު، އެ ތަނުގައި އެ ޖަރީމާގެ ޝިކާރައަކަށްވީ 'ވިކްޓިމް'ވެސް ހުރިކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި، އެމީހުން ގޮސް ތިބި ގެސްޓްހައުސްގެ އެއްޗެހި އުކާ، ގެއްލުންދީފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އަދި އެއަށްފަހު، ގެސްޓްހައުސްއިން ނިކުމެ، އަނިޔާވި ފަރާތް ގޮވައިގެން، އެހެން ތަނަކަށް ސައިކަލެއްގައި ދާ މަންޒަރުގެ ފޫޓޭޖު ލިބިފައިވާ ކަމަށާއި، އަދި އެތަނުން އޭނާއަށް ނިކުމެވޭނީ ފައިސާ ދިނުމުންކަމަށް ބުނެފައިވާކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ދިފާއުން ބުނެފައިވަނީ، އެމީހުން ގެސްޓްހައުސްއަށް ގޮސްފައިވަނީ، އެތަނުން އެކަކު ރައްޓެހިވެގެން އުޅޭ ކުއްޖާއާއި މައްސަލަޖެހިގެން އުޅޭތީކަމަށާއި، އެ ސައިކަލުގައި އަނިޔާ ލިބުނު ފަރާތް ގެންދިޔައީ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން ކަމަށާއި، އަނިޔާ ލިބުނު ފަރާތަކީ މައްސަލަ ރައްދުވާ ފަރާތެއްގެ ގެއަށް ރަހުމަތްތެރިއެއްގެ ގޮތުގައި ވަދެ ނިކުމެ ހަދާ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

އަދި މީގެ އިތުރުން، ފުލުހުން އައި އިރު، ގޭގެ އެއްވެސް ދޮރެއް ތަޅުލާފައި ނުހުންނާނެކަމަށާއި، މައްސަލަ އުފުލި ފަރާތަށް އަނިޔާއެއްވެސް ލިބިފައި ނުވާނެކަމަށް ކޯޓުގައި ދިފާއުން ބުނެފައިވެއެވެ. އަދި މި މައްސަލާގައި ވަކީލެއްގެ ފުރަސަތު ބޭނުން ނުވާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާތުގެ 13، 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުކުރަންޖެހޭ ހާލަތް ފެންނަށް އޮތްކަމަށް ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޛިހުނީކޮށްފައިވާ އަމުރުގައި ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ