Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

މިހާރުން މިހާރަށް އިޒްރޭލުން ފަލަސްތީނުގެ ބިންތަކުން ފައިބަން ޖެހޭނެ: ރައީސް

މިހާރުން މިހާރަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލު މީހުން ފައިބަން ޖެހޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ބިންތަކަށް އަރައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކަކީ ލާއިންސާނީ ޢަމަލުތަކެއް ކަމަށާއި އިންސާނީ ޙައްޤުތަކާބެހޭ ދުނިޔޭގެ ޤާނޫނުތަކާއި ޚިލާފު ކަމެއް ކަމުގައި ބުނެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ނެރުނު ބަޔާނަށް ތަޢުރީފުކުރައްވައި ރައީސް ޑރ. މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ކޯޓުން މިފަދައިން ބުނުމަކީ ޙައްޤުތައް ގެއްލިފައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ހޯދުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

އިޒްލޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ، ހިންގަމުނަދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން ނުކުންނަ ޤާނޫނީ ނަތީޖާތަކަށް ރިޢާޔަތްކޮށް ދުނިޔޭގެ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލުން ފަލަސްތީނުގައި ބިންތަކަށް ވެރިވެގެނެފައިވަނީ ދުނިޔޭގެ ޤަނޫނުތަކާއި މުޢާހަދާތަކާއި ޚިލާފަށް ކަމަށާއި އެބިންތަކުގައި އިޒްރޭލުން ހިންގަމުންދަނީ ލާއިންސާނީ ޖަރީމާތަކެއް ކަމަށެވެ.

ރައީސްގެ ޕޯސްޓުގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ އެބިންތަކުގައި ހިންގާފައިވާ ކަންކަމުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލެއްވިއެވެ.

އަދި ދުނިޔޭގެ ކޯޓުން މި ނެރުނު ބަޔާނުގެ ސަބަބުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބިމުގެ ސަރަހައްދާއެކު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުވުމަށް ކުރާ އުއްމީދުތައް އާލާވެގެންގޮއްސި ކަމުގައި ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ