Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް އެދިވަޑައިގަތީ ކައުންސިލަރުންގެ އަދަދު މަދުކޮށް ޚިދުމަތް ފުރިހަމަކުރުމަށް

ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންގެ އަދަދު މަދުކޮށް ޚިދުމަތް ފުރިހަމަކުރުމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނާރެސް އިފްތިތާހުކުރުމާއި، އޮޕަރޭޝަން "ކުރަނގި": ދެވަނަ ފިޔަވަހި އިފްތިތާހުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރިއަށް އޮތް ތަނުގައި އެ ކައުންސިލްތައް އިންތިހާބުކުރެވިގެންދާގޮތާއި ކައުންސިލްތައް އެކުލެވިގެންވާގޮތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ވާހަކަ މިހާރު އިއުލާނުކޮށްފައިވާކަމަށެވެ.

ކުރިއަށް އޮތް ކައުންސިލްތަކާއި ބެހޭ އިންތިހާބު އަންނަން ވާއިރަށް ރައްޔިތުންނަށް އެންމެ އެކަށީގެންވާކަހަލަ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް ގާނުނު ތަކާއި ގެނެވޭ ބަދަލުތައް ގެނެސް އެކަން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ކައުންސިލްތަކުގެ އަދަދު ކަނޑައަލައި ސްޓްރީމް ލައިންކުރެވުމުން ރައްޔިތުންނަށް އެންމެ ފައިދާ ވާގޮތަށް ޚިދުމަތް ދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވޭނެއެވެ.
އަދި މިހާރު ކަންއޮތް ގޮތުން ދެތިން ސަތޭކަ މީހުންގެ އާބާދީއެއްގެ ކުޑަ ރަށެއްގައިވެސް ފަސް ކައުންސިލަރުން ތިބޭކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ.

"މިގޮތަށް އާބާދީ ކިތަންމެ ކުޑަ ރަށެއްގައިވެސް ވަރަށް ގިނަ އަދަދެއްގެ މީހުން އިންތިހާބުކޮށްގެން ވަރަށް ގިނަ ޚަރަދުތަކެއް ކޮންމެ ދުވަހަކު ކޮންމެ މަހަކު ކުރަން ޖެހޭ ގޮތަށް ނިޒާމް ބައްޓަންކޮށްފައި އޮތީމައި އޭގެއިން ނިކުންނަން ޖެހޭ ނަތީޖާ އެންމެ ރަނގަޅަކަށް ނުނިކުމޭ" ރައީސް ދރ. މުއިއްޒު ވިދާޅުވިއެވެ.

"އެއަށްވުރެ ރަނގަޅު ޚިދުމަތެއް އަދަދު މަދުކޮށްގެން ކުރިއަށް ގެންދެވޭނެ"
ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުއިއްޒު ވިދާޅުވީއެކަމާ ގުޅޭ މަޝްވަރާކޮށް ފަންނީ ދިރާސާތައްވެސް ކުރަމުންދާކަމަށެވެ.

"އަޅުގަނޑު ހިތުން 3000 މީހުންނަށްވުރެ ގިނަ ނޫން އާބާދީ އޮންނަ ރަށްރަށުގައި ތިން މީހަކު އިންތިހާބު ކުރީމާ ފުދޭނެ. ކައުންސިލްގެ ރައިސް އަކާއި އިތުރު ދެ ބޭފުޅަކު، އޭގެ ތެރެއިން އެއް ބޭފުޅަކީ އަންހެނުންގެ ފަރާތުން އިންތިހާބު ކުރާ އަންހެނުންގެ ރައީސާއަކަށް ވުމާއި އަދި އެއްބޭފުޅަކީ ޒުވާނުންގެ ފަރާތުން އިންތިހާބު ކުރެވޭ ޒުވާނުންގެ ރައިސް" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ އަދަދު މަދުކުރުމަށްފަހު ދެން އެ ލިބޭ ބަޖެޓުގެ ބޮޑު ބައެއް އެކައުންސިލްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެ ގިންތި ރަނގަޅުކޮށް ރަނގަޅު މުސާރައެއް ދެވޭގޮތަށް ބައްޓަންކޮށްގެން ހިންގީމައި މުޅި ކައުންސިލްގެ ހުރިހާ މުވައްޒަފުންވެސް އުފާވެރިކަމާއެކީގައި ރަނގަޅު ޚިދުމަތެއް ދޭނެކަމަށެވެ.

"އަދަދު ކުޑަކުރެވިދާނެ، އަދަދު ކުޑަކޮށްގެން ދޭ ޚިދުމަތް އަދި އެއަށްވުރެ މާ ރަނގަޅަށްވެސް ދެވޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަކީ އަދަދަކުންވާކަމެއް ނޫން ކަމަށާއި ޚިދުމަތް ދެވޭ ގޮތް ފުރިހަމަކުރުމަށް ކަންކަން ރަނގަޅުވާނެކަމަށެވެ. އަދި ކުރަން ޖެހޭ ކަމަކީ ޚިދުމަތް ދިނުމުގައި އިހްލާސްތެރިވެ ހީވާގިވުންކަމަށާއި އެކަން ކުރާކަށް ބައިބޯކުރަން ނުޖެހޭކަމަށެވެ.

މި ލިއުމާއި ގުޅޭ