ފަރުޟް ފަސް ނަމާދު ކުރުމަކީ އޮޕްޝަނަކަށް ނުހެދުމަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
ރައިސް މިފަދައިން ނަސޭހަތްތެރިވެވަޑައިގަތީ ރައީސުލްޖުމުހުރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ދަރިވަރުންނާ މޚާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަދި އަމިއްލަ ނަފްސަށް އިތުބާރުކޮށް ކޮންމެ ކުއްޖެއްގެވެސް ދިރިއުޅުން އެ ކުއްޖަކަށްޓަކައި އެ ކުދިންގެ މައިންބަފައިންނަށްޓައި އަދި މުޖުތަމައާއި ގައުމަށްޓަކައި އެންމެ ރަނގަޅު ގޮތުގައި ބައްޓަން ކުރުމުގެ އަޒުމް މިރޭ ކަނޑައަޅުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
"ތި ފައްޓަނީ ވަރަށް ބޮޑު ޖާނީއެއް، އެކި ގައުމުތަކަށް މަތީ ތައުލީމް ހާސިލްކުރުމަށް ޑިގްރީ މާސްޓާސް ޕީއެޗްޑީ އެކި ލެވެލްތަަކަށް ކިޔެވުމަށް ފަށާ ޖާނީއެއް މާތް ވެގެންވާ އިސްލާމް ދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބައެއްކަން ހިނދުކޮޅަކަށްވެސް ހަނދައިނެތިގެން ނުވާނެ" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
"ފަރުޟް ފަސް ނަމާދު ކޮންމެ ތަނެއްގައި ހުއްޓަސް ބަރާބަރަށް އަދާކުރުމަށް ހަނދާން ބަހައްޓަން ޖެހޭ، ފަރުސް ފަސް ނަމާދު އެއީ އޮޕްޝަނަކަށް ވެގެން ނުވާނެ" ރައިސް ވިދާޅުވިއެވެ.
[އިސްލާމް ދީނުގެ] ބިންގާ ވަރުގަދައަށް ގާއިމްކުރެވިއްޖެއްޔާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް، އިންޝާ ﷲރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު