Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާތަނެއް ފާސްކޮށް 11 މީހަކު ހައްޔަރުކޮށްފި

ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާތަނެއް ފާސްކޮށް 11 މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. މި ޕޯސްޓުގައި އިމިގްރޭޝަނުން ބުނީ ބިދޭސީ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން “އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ މަޢުލޫމާތާއެކު އެތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަނަށް އިމިގްރޭޝަން އިން ހާޒިރުވިއިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހެއްގެ އިތުރުން ގަރާޖުން 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަންގެ ޕޯސްޓުގައި ވެއެވެ.

އޭގެ އިތުރުން އިމިގްރޭޝަނުން ބުނީ މިތަނާއި ގުޅޭގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ފާހަގަކުރާ ކަމަށެވެ.

އިމިގްރޭޝަން ވޮޗް އަކީ ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހުށަހެޅުމަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ތައާރަފްކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުވާނެކަމަށާއި މި ޕްލެޓްފޯމް 24 ގަޑިއިރު ބޭނުން ކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މި ލިއުމާއި ގުޅޭ