Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ހުކުރު ދުވަހު ހެނދުނު އެމްޕީއެލް ސަރަހައްދުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ކަރަންޓު ނެޓްވޯކްގެ މަސައްކަތެއް ކުރުމަށް ހުކުރު ދުވަހުގެ ހެނދުނު އެމްޕީއެލް ސަރަހައްދުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވިދާޅުވިއެވެ.

ސްޓެލްކޯއިން މިއަދު ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ "އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި" ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާފަންނު އެމްޕީއެލް ސަރަހައްދުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިގޮތުން ކަރަންޓު ކެނޑޭނެކަމަށް ލަފާ ކުރެވެނީ ހުކުރު ދުވަހުގެ ހެނދުނުގެ 6:00 ޖަހާއިރު ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މާފަށް އެދިފައިވެއެވެ.

ސްޓެލްކޯއިން ގްރޭޓާ މާލޭގެ ސަރަހއްދުތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ކުރާ މަސައްކަތްތަކަށް ކަރަންޓު ކެނޑޭނެކަމަށް ލަފާކުރާނަމަ އެކުންފުނިން ކަސްޓަމަރުންނަށް ކުރީބައިގައި އަންގައެވެ.

މި ލިއުމާއި ގުޅޭ