Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ކުރީގެ ރައީސް އިބްރާހިމްގެ މަންމާފުޅު އަވަހާރަވެއްޖެ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު އަވަހާރަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުން، ކުރީގެ ރައީސް އިބްރާހިމްގެ މަންމާފުޅު އަވަހާރަވެފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވެފައިވަނީ އުމުރުފުޅުން 80 އަހަރުގައެވެ.

އެކަމުގެ ހިތާމާގައި ބައިވެރިވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައީސް އިބްރާހިމް އާއި އެމަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައި، އާއިލާއަށް ކެއްތެރިކަން އެދި ދުއާކުރައްވާކަމަށް ވިދާޅުވެފައެވެ.

މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލަހައްޓަވާށިއެވެ. އާމީން.
ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިބްރާހިމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރަައްވާފައިވާ އަލީ ނިޔާޒަކީވެސް މުއުމިނާގެ ދަރިއެކެވެ. މުއުމިނާއަށް 11 ދަރިން ލިބިފައިވެއެވެ.

މި ލިއުމާއި ގުޅޭ