Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޝަހީމް

މިސްކިތްތަކުގައި ގާރީ ކްލާސް ހިންގުމަށް މިހަފްތާގައި ހުއްދަ ދެނީ

މިސްކިތްތަކުގައި ގާރީ ކްލާސް ހިންގުމަށް މިހަފްތާގައި ހުއްދަ ދެއްވާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދު އެކްސްއަށް ޝާއިއުކުރި ޕޯސްޓެއްގައެވެ.

ކީރިތި ޤުރުއާނަކީ އިސްލާމް ދީނުގައި އެންމެ މުހިންމު އެއް ވަސީލަތްކަމުގައި ވާއިރު، ގުރުއާން ރާއްޖޭގައި ކުރިއަރުވައި ފަސޭހައިން އުނގެނެވޭނެ މަގު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ.

އެހެންކަމުން ރރާއްޖޭގެ ރައްޔިތުންނަށް ކީރިތި ގުރުއާނުގެ އިލްމު ފަސޭހައިން ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ދެ ނަމާދު ދޭތެރޭ މިސްކިއްތަކުގައި ގާރީ ކޯސް ނެގުމަށް ބޭނުންވާ ހުއްދަ ދެއްވާނެކަމަށް ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.

މި ކްލާސްތަކުގައި އިމާމުންނާއި ގުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ގުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެ. މިކަމަށް ޝައުގުހުރި ފަރާތްތަކުން ފޯމު ލުމަށް މި ހަފްތާގައި ހުޅުވައިލާނެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ގުރުއާނަށް ދެއްވަވާ އަހައްމިއްޔަތަކީ، ބޮޑު ހިތްހަމަޖެހުމެއްކަމަށް ރޭގެ ޖަލްސާގައި ވަޒީރު ވިދާޅުވިއިރު، ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި އެންމެ ގިނަ އިނާމުދޭ އެންމެ އަގު ބޮޑު މުބާރާތްކަމުގައި ހައްދަވާދެއްވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ