ރާއްޖޭގެ މާލީ ހާލަތު ރަނަގަޅުކުރުމަށް ޖަޕާނުގެ އެހީ ހޯދުމަށް މަޝްވަރާކޮށްފިއެވެ.
ދެޤައުމުގެ ދެމެދުގައި މަޝްވަރާތައް ބާއްވާފައިވަނީ ރާޢްޖެއަށް ޖަޕާނުން ކަނޑައަޅުއްވާފައިހުންނަވާ ސަފީރާއި މިނިސްޓަރ އޮފް ފިނޭންސް މުޙައްމަދު ޝަފީޤުއާއި ދެބޭފުޅުން ބޭއްވި ބައްދަލުވުމުގައެވެ.
މިބައްދަލުވުމުގައި، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިހާރު އަޅާމުންދާ ފިޔަވަޅުތަކާއި ކުރިއަށް އެޅުމަށް ރާވާފައިހުރި ފިޔަވަޅުތަކުގެ އިތުރުން ޖަޕާނުން ފޯރުކޮށްދެވޭނެ އެހީތެރިކަމާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. މިގޮތުން ރާއްޖޭގައި ވަނީ ޖަޕާނުގެ ހިލޭ އެހީގައި ގިނަ މަދަރުސާތަކެއް ޢިމާރާތްކޮށްފައެވެ.