އިމިގްރޭޝަންއާއި ގުޅޭ ތަމްރީނުތައް ހެދުމަށް ސަޢޫދީ އަރަބިއްޔާއާއި އާއިއެކު ރާއްޖޭގެ އިމިގްރޭޝަނުން މަޝްވަރާކޮށްފިއެވެ.
ސަޢުދީއާއެކު ރާއްޖޭގެ އިމިގްރޭޝަނުން މަޝްވަރާކުރެއްވީ ރާއްޖޭގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަހީދު ސަޢޫދީޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައެވެ.
މިބައްދަލުވުމުގައި ވަނީ ރާއްޖެއާއި ސައޫދީއާއި ދެމެދު އިމިގްރޭޝަންގެ ދާއިރާއިން ބާއްވަމުންގެންދާ ގުޅުން އިތުރަށް ވަރުގަދަކޮށް، އިމިގްރޭޝަންއާގުޅޭ ތަމްރީންތަކަށް ސަޢޫދީން ދޭ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ.
ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާއި ދެމެދު އޮންނަ ސިޔާދަތީ ގުޅުމަކީ ޒަމާންވީ ވަރުގަދަ ގުޅުމެކެވެ. ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ އެކި ދާއިރާތަކަށް އެހިތެރިކަން ފޯރުކޮށްދެއެވެ. މިގޮތުން ހެންވޭރުގައި ޢިމާރާތްކޮށްފައިވާ ސަލްމާން މިސްކިތަކީ ސަޢޫދީޢަރަބިއްޔާގެ ރަސްގެފާންގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައިވާ މިސްކިތެކެވެ.