ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ސިޔށީ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް 1 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕާޓީގެ މެންބަރުންނަށާއި ލީޑާޝިޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްއަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުޢިއްޒު މެސެޖް ފޮނުއްވީ ސޯޝަލް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ލީޑާޝިޕުގެ މެންބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި، އެމްޑީޕީ ދެބައިވެ އެޕާޓީދޫކޮށްދިޔަ މެންބަރުން އުފެއްދި ޕާޓީއެކެވެ. މިގޮތުން އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހިމްއާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެއްޕާޓީއެއްގައި މަސައްކަތް ނުކުރެވޭވަރަށް މައްސަލަ ގޯސްވުމުން ރައީސް ނަޝީދުއަށް ތާއީދުކުރައްވާ މެންބަރުންގޮވައިގެން ޕާޓީ ދޫކުރައްވާ ވަޑައިގަތީއެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރި ކެނޑިޑޭޓް، ރައީސް އިބްރާހިމްއަށް ނާކާމިޔާބީއާއި ކުރިމަތިލުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނީވެސް ދަ ޑިމޮކްރެޓްސް އިންނެވެ. ޑިމޮކްރެޓްސްގެ މެންބަރުން ގެންދެވީ އެމްޑީޕީ ސަރުކާރުގައި ހިންގަމުންދިޔަ ކޮރަޕްޝަންތަކާއި ޖަރީމާތައް ރައްޔިތުންނަށް ހާމަކުރަމުންނެވެ.