Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ލ. އަތޮޅުގެ ތިން ރަށެއްގައި ފަތުރުވެރިކަން ތަރައްގީ ކުރަން ދުބާއީ ކުންފުންޏަކާއި ހަވާލުކޮށްފި

ލ. އަތޮޅުގެ ތިން ރަށެއްގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ދުބާއީ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ދާދި ފަހުން ކްލޯޒް ބިޑިންގ ދަށުން ހުޅުވާލި ރަށްތަކުގެ ތެރޭގައި ލ. އަތޮޅުގެ ތިން ރަށަކަށް މިހާރު ޕްރޮޕޯސަލް ލިބިފައިވާކަމަށެވެ.
އަދި އެ ޕްރޮޕޯސަލް އިވެލުއޭޓްކޮށް ރައީސް އޮފީހުގެ ޕޮލިިސީ ޑިޕާޓްމެންޓަށް ފޮނުވާ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދައާއި އެކީގައި ދުބާއީ ކުންފުންޏަކަށް އެވޯޑް ސިޓީ ހަވާލުކޮށްފައިވާކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި އޭގެ ތެެރެއިން އެއް ރަށަށް މިހާރު ވަނީ އެކުންފުނިން މީރާއަށް ލާރި ދައްކާފައެވެ.
އަދި މި މަސް ތެރޭގައި ދެން އޮތް ދެ ރަށަށްވެސް ލާރި ދައްކާ، ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި އެތަނުގެ އަމަލީ މަސަައްކަތް ފަށާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ