Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ފައިސަލް

މަޖީދީމަގު މެދުގައި ރައީސް ނަޝީދު ގޮއްވާލަން އެމްޑީޕީން މަސައްކަތްކުރީ ޕާޓީ އަތުލައި އެކަހެރި ކުރުމަށް: ފައިސަލް

ކުރީގެ ރައީސް އަދި ކުރީގެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، މާލޭގެ މަޖީދީ މަގު މެދަށް ގޮއްވާލީ އެމަނިކުފާނު އަތުން ޕާޓީ އަތުލުމަށްކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް މިފަދައިން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީ އެތެރޭގައި މިދިޔަ ފަސް އަހަރު އޭރު އެޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ކަންތައްތަކެއް ހިންގާފައިވާކަމަށާއި އެ ޕާޓީގެ ލީޑާޝިޕުން އެކަން ކުރީ ރައީސް ނަޝީދުގެ އަތުން ޕާޓީން އަތުލުމަށްޓަކައިކަމަށެވެ.

"އެމްޑީޕީން ވޭތުވެދިޔަ ފަސް އަހަރު ރައީސް ނަޝީދު މަގުމައްޗަށް ނެރެ އެކަހެރިކޮށް ރައީސް ނަޝީދު މާލޭގެ މަޖީދީމަގު ކައިރިއަށް ގޮއްވާލަން ހުރިހާ މަސައްކަތެއް އެމްޑީޕީން ކުރީ އެމްޑީޕީގެ ލީޑާޝިޕްގައި ތިބި ބޭބޭފުޅުންކުރީ، އެކަމުގެ ތެރެއިން ރައީސް ނަޝީދު އަތުން ޕާޓީ ހޯދުމަށްޓަކައި" ފައިސަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ އަތުން ޕާޓީ ހޯދުމަށްޓަކައި އެމްޑީޕީން ކޮރަޕްޝަނުގެ އެތައް ޖަރީމާތަކެއް ހިންގާފައިވާކަމަށާއި އެ މަސައްކަތުގެ ތެރެއިން ދިވެހިރާއްޖެގެ އެސްއޯއީތަކުން ނުހައްގުން ވަޒީފާ ދީފައިވާކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަރުތަކުގައި ހުރި ދޯނިތައް ހުރީ ހުސްކޮށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އޭގެއިން މަހަށްދާނެ ޒުވާނަކު ނެތް މިއަދު، ދާން ތިބީ ދިވެހިރާއްޖެއަށް ގެނެސްފައި ތިބި ބަންގްލަދޭޝްގެ ބިދޭސީ މަސައްކަތްތެރިން" މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ