Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ

ގުރުއާން އުނގަންނައިދޭ ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދަން ހުއްދަދީފި

ކީރިތި ގުރުއާން އުނގަންނައިދޭ ކޯސްތައް އޮންލައިންކޮށް ނުވަތަ އީ-ލާނިންގް މޮޑަލިޓީގެ ތެރެއިން ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، (އެމްކިއުއޭއިން) ދީފިއެވެ.

މިކަމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ރާއްޖޭގައި ކޯސްތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ގައިޑްލައިނެއް ޢާންމުކުރީންސުރެ، އޮންލައިންކޮށް ކިޔަވައިނުދެވޭނެ 8 ދާއިރާއެއް ހިމެނޭ ކަމަށާއި އީ-ލަރނިންގ ޑެލިވަރީ މޮޑަލިޓީން ކިޔަވައިނުދެވޭނެ ކަމަށް މިހާތަނަށް ކަނޑައަޅާފައިވާ 8 ދާއިރާގެ ތެރޭގައި ޤުރުއާނުގެ ކޯސްތައްވެސް ހިމެނޭ ކަމަށެވެ.

ފިޒާނާ ވިދާޅުވީ ގައިޑްލައިންގައި އޮންލައިންކޮށް ކިޔަވައިނުދެވޭނެ ކަމަށްބުނާ ދާއިރާތަކުގެ ކޯސްތައް، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން އޮންލައިންކޮށް ކިޔަވައިދެވޭތޯ ބަލަމުންދާ ކަމަށާއި އެގޮތުން ޤުރުއާނުގެ ދާއިރާގައި ހިމެނޭ ކޯސްތައް ހިންގުމުގެ ހުއްދައަށް އެދުމުން އެ ހުއްދަ ދީފައިވާކަމަށެވެ.

ފިޒާނާ ވިދާޅުވީ ޤުރުއާނާބެހޭ އެކި ދާއިރާތައް އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ ދިނުމާއި ގުޅިގެން މަޢާނިލް ޤުރުއާނާއި ޢުލޫމުލް ޤުރުއާން ފަދަ މާއްދާތައް އޮންލައިންކޮށް ކިޔަވައި ދެވިދާނެކަމަށާއި ވަކި އުޞޫލެއްގެ ދަށުން އެހެން މާއްދާތައްވެސް އެގޮތަށް ކިޔަވައިިދެވިދާނެކަމަށާއި، އޭގެތެރޭގައި ޠިލާވާ އަދި ހިފްޡްފަދަ މާއްދާތައް ހިމެނޭކަމަށެވެ.

ޤުރުއާނުގެ ދާއިރާގެ ކޮންމެ ޕްރޮގްރާމެއްވެސް އެ ޕްރޮގްރާމުގައި ކިޔަވައިދެވޭ މާއްދާތަކަށް ރިޔާޢަތްކޮށް ވަކި އުސޫލެއްގެތެރެއިން ޢީލާނިންގ މޮޑަލިޓީގައި ކިޔަވައިދިނުމުގެ ހުއްދަ ދެވިދާނެކަމަށް ވިދާޅުވެ ފިޒާނާ އެދިވަޑައިގެންނެވީ ވުމާއެކު އެފަދަ ޕްރޮގްރާމްތައް ފަރުމާކުރުމަށްފަހު އެއޮތޯރިޓީއަށް ހުށައެޅުއްވުމަށެވެ . އަދި އީ-ލާރނިން މޮޑަލިޓީގެ ދަށުން އެ ޕްރޮގްރާމެއް ކުރިއަށް ގެންދަންވާނީ އެ އޮތޯރިޓީން ހުއްދަ ދިނުމުންކަން ފާހަގަކުރައްވައި ވިދާޅުވީ މިގޮތަށް ހަމަޖެއްސި ނަމަވެސް ހުރިހާ އިމްތިހާނެއް ކުރިއަށްގެންދަންޖެހޭނީ ފޭސް-ޓު-ފޭސްކޮށް ކަމަށެވެ.

މި ގެނައި ބަދަލާއެކު އީ- ލާނިން ނުވަތަ އޮންލައިންކޮށް ކިޔަވައިދިނުމުގެ ހުއްދަ ނުދޭނީ 7 ދާއިރާއަކުންނެވެ. މި 7 ދާއިރާއަކީ މެޑިސިން އެންޑް ޑެންޓިސްޓްރީ، ޕްރެކްޓިކަލް ޑިސިޕްލިން އޮފް ހެލްތު ސައިންސަސް، ނާސިން، ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން، އިންޖިނިއަރިން، އާކިޓެކްޗަރ ގެ އިތުރުން ޓީޗިންއެވެ.

މި ލިއުމާއި ގުޅޭ