Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސް ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ހުޅުމީދޫގައި ހުންނަ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި ކުރިއަށްދާ މިފްކޯ ބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އޭއެފްސީގެ އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެ ހުންނެވި އޭއެފްސީގެ ރީޖަނަލް މެނޭޖަރު އަހުމަދު ޝާހިދު ވިދާޅުވީ އޭއެފްސީ އެކްސްޕޯޓް ޖެޓީ ޑްރެޖްކުރެވިފައިވަނީ ބޮޑެތި ބޯޓު ފަހަރަށްވެސް ކައިރި ކުރެވޭ ގޮތަށް ކަމަށާއި ނަމަވެސް ޖެޓީގެ މަސައްކަތް ނުނިމި ލަސްވެފައި މިވަނީ ޖެޓީއަށް ވަންނަ މަގު ނުކޮނެވި އޮތީމައި ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ޖެޓީ މަތީގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޕޭވް ކުރުމާއި ލައިޓް ޖެހުމާއި ފްރީޒިން ކޮންޓެއިނާ ބޭސްމަންޓް އެޅުން ހިމެނޭކަމަށާއި މިމަސައްކަތްތައް ނިމުމުން އެމް.އެސް.އެސް ގެ ބޯޓު ޖެޓީއަށް ވައްދައިގެން ކޮންޓެއިނަރު ލޯޑުކޮށްގެން މަސް ބޭރުކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށެވެ.

ޝާހިދު ވިދާޅުވީ ހުރިހާ މަސައްކަތެއްކޮށް ނިންމުމުން މިފްކޯގެ މަދާ ވެސެލްތަކަށްވެސް ފަސޭހަކަމާއެކު ވަދެ މަސް ލޯޑު ކުރުމާއި އަންލޯޑުކުރުމުގެ ޕްރޮސެސް ބަރާބަރަށް ކުރެވޭނެ ކަމަށެވެ.

މި ސައިޓަކީ މަސްވެރިންގެ އަތުން މަސްގަނެ މަސް ފިނިކުރުމަށްފަހު މަސް އެކްސްޕޯޓު ކުރުމުގެ މަސައްކަތް ކުރާ ސެންޓަރަކަށްވެފައި، އޭއެފްސީގެ އެކްސްޕޯޓު ޖެޓީ ނުނިމި އޮތުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށާއި މިޖެޓީ ނިމިއްޖެނަމަ އޭއެފްސީ އަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި އޭއެފްސީއަށް ލިބޭ މަސް އެ ޖެޓީއިން ސީދާ އެކްސްޕޯޓު ކުރެވޭނެ ކަމަށް އޭއެފްސީގެ އޮޕަރޭޝަންސް ޑެޕިއުޓީ މެނޭޖަރ އަލީ ޝިޔާޒު ވިދާޅުވިއެވެ.

މިފްކޯއިން ހާމަ ކުރާ ގޮތުގައި މި މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެމްޓީސީސީން ބުނީ ނުނިމި ހުރި ޗެނަލް ޑްރެޖިންގ ގެ މަސައްކަތް ހުއްޓިފައިވަނީ އެކުންފުނިން ކުރާ ހުރިހާ ޑްރެޖިންގ ގެ މަސައްކަތްތައް 1 މަސް ދުވަހަށް ސަސްޕެންޑްކުރުމާ ގުޅިގެން ކަމަށެވެ. ނަމަވެސް މި ސަސްޕެންޝަން މިދިޔަ ޖޫން މަހު މެދުތެރޭގައި އުވާލުމާ ގުޅިގެން އެމްޓީސީސީގެ ޑްރެޖަރު އައްޑޫގެ ސައިޓަށް ގެނެސް އަލުން މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ވެސް މިފްކޯ އިން ބުނެއެވެ.

މިފްކޯގެ މެނޭޖުމެންޓުން އެމްޓީސީސީގެ ކިބައިން މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލުމަށް ވަނީ އެދިފައެވެ.

މި ލިއުމާއި ގުޅޭ