މިސްކިތެއްގެ ތެރޭގައި އޮތް ހަތިމެއް ވީދާލި މައްސަލަ އެއްގައި ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ،
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ އެމްޑީ މަންނާން ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން ބުނީ މީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި އަދި މީނާގެ ބަންދަށް އެ ކޯޓުން 15 ދުވަސް ޖަހާފައިވާކަމަށެވެ.
އެ ކޯޓުން ބުނީ އޭނާއަކީ ބިދޭސީއަކަށް ވުމުން ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމަކީ ވެސް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށެވެ.
މިސްކިތެއްގެ ތެރޭގައި އޮތް ހަތިމެއް ވީދާލި މައްސަލައިގައި މިއަދު މީހެއް ހައްޔަރު ކޮށްފައިވާއިރު މީގެ ކުރިން ހަތިމަކަށް ކުޅު ޖެހި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.