Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

ސައުދީގެ ތެލުގެ އެކްސްޕޯޓް ކޮވިޑްގެ ދުވަސްވަރު ހުރި މިންވަރާ ގާތަށް ދަށަށް ހިނގައްޖެ

ސައޫދީ އަރަބިއްޔާގެ ތެލުގެ އެކްސްޕޯޓް ވަރަށްބޮޑަށް ދަށަށް ގޮސް ކޮވިޑްގެ ދުވަސްވަރު ހުރި މިންވަރަށް ދަށަށް ގޮސްފައި ވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މިއީ އޯޕެކް ޕްލަސްގެ ތެރެއިން ތެލުގެ އަގު ހިފެހެއްޓުމަށް ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖޫން މަހު ސައޫދީ އަރަބިއްޔާގެ ތެލުގެ އެކްސްޕޯޓް ވަނީ ދުވާލަކަށް 5.6 މިލިއަން ބެރެލް (ފީފާ) އަށް ދަށަށް ގޮސްފައެވެ.

ސައޫދީގެ އުފެއްދުންތެރިކަން މަދުކުރުމުގެ ސަބަބުން ރަޝިޔާ އަދި ޔޫއޭއީއަށް ވަނީ ފައިދާ ލިބިފައެވެ. ރަޝިޔާއިން އޭޝިއާގެ މާކެޓްތަކަށް އެކްސްޕޯޓް އިތުރުކޮށްފައިވާއިރު، ޔޫއޭއީއަށް ވަނީ 2025 ވަނަ އަހަރު އުފެއްދުންތެރިކަން އިތުރުކުރުމުގެ ހުއްދަ ލިބިފައެވެ.

ޗައިނާ އަދި އިންޑިޔާއަކީ މިހާރު ރަޝިޔާގެ ތެލުގެ މައިގަނޑު ގަންނަ ފަރާތްތަކަށް ވެފައިވާއިރު، އީރާނުންވެސް ވަނީ އޭޝިއާއަށް ކުރާ އެކްސްޕޯޓް އިތުރުކޮށްފައެވެ.

ތެލުގެ އަގު ފަހަކަށް އައިސް މައްޗަށް ގޮސްފައިވީ ނަމަވެސް، އަދިވެސް އެ އަގު ވަނީ ސައޫދީ އަރަބިއްޔާގެ 2024 ވަނަ އަހަރުގެ ބަޖެޓް ހަމަޖެއްސުމަށް ބޭނުންވާ މިންވަރަށްވުރެ ދަށުގައެވެ.

ތެލުން ލިބޭ އާމްދަނީ މަދުވުމުގެ ސަބަބުން ސައޫދީ އަރަބިއްޔާގެ އިގްތިސާދީ ތަރައްގީގެ މަޝްރޫއުތަކަށް އަސަރުކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ނިއޯމް މެގަސިޓީ މަޝްރޫއު ކުޑަކުރުން ހިމެނެއެވެ.

މި ހާލަތުން ދައްކައިދެނީ ސައޫދީ އަރަބިއްޔާގެ ތެލުގެ އުފެއްދުންތެރިކަމާއި، ބައިނަލްއަގްވާމީ ސިޔާސަތާއި، އިގްތިސާދީ އިސްލާހުތަކާ ދެމެދު އޮތް ގުޅުމުގެ ނާޒުކުކަމެވެ.
މި ލިއުމާއި ގުޅޭ